ޖިނާއީ ބޮޑެތި ކުށްތައް ކޮށްގެން ނުހައްގުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަށް މަގުފަހިކުރުމުގެ ގޮތުން، ހާއްސަ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހާމަކުރެއްވި ގޮތުގައި، މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމުގެ އެންމެ މުހިންމު ބޭނުމަކީ ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ޣައިރުގާނޫނީ ގޮތުގައި ހޯދާ މުދާތައް އަތުލައިގަނެ، އެ މުދަލުގެ ބޭނުންކޮށްގެން އިތުރު މާލީ މަންފާއެއް ހޯދުމުގެ ފުރުސަތު ބަންދުކުރުމެވެ. އަދި މިކަމަށްޓަކައި ހަރުދަނާ ގާނޫނީ އޮނިގަނޑެއް އެކަށައެޅުމަކީވެސް މި ބިލުގެ މައިގަނޑު މަގްސަދެކެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ގާނޫނު ވުޖޫދަށް އައުމުން ކުށްކޮށްގެން މާލީ މަންފާ ހޯދުން ހުއްޓުވުމުގެ އިތުރުން، އެކި ފަރާތްތަކުން ގެއްލުވާލާފައިވާ ދައުލަތުގެ މުދާ އަނބުރާ ހޯދުމުގައި މިހާރު ދިމާވާ ގާނޫނީ ހުރަސްތަކަށް ވެސް އެދެވޭ ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ.
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ދައުލަތަށް ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، 'އެސެޓް ރިކަވަރީ' އަށް ހާއްސަ ގާނޫނެއް ހެދުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް މީގެކުރިން ވަނީ ލަފާދީފަ އެވެ. އެ ކޮމިޝަނުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި، މިހާރު އަމަލުކުރަމުންދާ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ އަމަލުތަކުން ހޯދާ މުދަލާއި ކުށްކުރުމަށް ބޭނުންކުރާ ވަސީލަތްތައް ދައުލަތަށް ނެގުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެ އެވެ.
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
ދްރިޝްޔަމް 3: ފަހުގެ ކުރިމަތިލުމާއެކު އަޖޭ އެނބުރި އަންނަނީ!
ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ރަށަކީ ރަސްމާލެ: މިނިސްޓްރީ