ބޮލީވުޑްގެ މަޝްހޫރު ތަރި އަޖޭ ދޭވްގަންގެ ކާމިޔާބު ފިލްމީ ފްރެންޗައިޒް "ދްރިޝްޔަމް"ގެ ތިންވަނަ އަދި އެންމެ ފަހު ބައި ކަމަށްވާ ދްރިޝްޔަމް 3ގެ ރަސްމީ ނަމާއި، ފިލްމު ސިނަމާތަކަށް އަންނާނެ ތާރީހު ރަސްމީކޮށް އިއުލާން ކޮށްފި އެވެ.
މި ފިލްމަށް ކިޔާފައިވަނީ 'ދްރިޝްޔަމް: ދަ ކޮންކްލޫޝަން' އެވެ. އަދި މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އެވެ.
އަޖޭ ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު ސޯޝަލް މީޑިއާގައި މި އިއުލާން ހިއްސާކޮށްފަ އެވެ. މި ޕޯސްޓަރުގައި ވިޖޭ ސަލްގާއޯންކަރުގެ ވިސްނުން ސިފަކޮށްދޭ މުހިންމު ޖުމުލައެއް ހިމަނާފައިވެ އެވެ. އެއީ "މޭރާ ސަޗް, މޭރާ ސަހީ, ސިރްފް މޭރީ ފެމިލީ ހޭ". އެވެ.ޯ
މި ޖުމުލައިން އާއިލާ ސަލާމަތްކުރުމަށްޓަކައި ވިޖޭ ކޮންމެ ފަދަ ގުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި މިންވަރު ހާމަވެ އެވެ. މީގެ ކުރިން ނުކުތް ދެ ބަޔެކޭ އެއްފަދައިން، މި ފަހު ބައިގައިވެސް އާއިލާ ހިމާޔަތް ކުރުމަށް ވިޖޭ ކުރާ މަސައްކަތްތަކާއި، ސިއްރުތަކާއި، އަދި ނުރައްކާތެރި އެނބުރުންތައް ފެނިގެންދާނެ އެވެ.
މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އަބީޝޭކް ޕާތަކް އެވެ. ލިޔެފައިވަނީ އާމިލް ކީޔާން ޚާނާއި ޕަރްވީޒް ޝައިޚާ އެކުގަ އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޕެނޮރާމާ ސްޓޫޑިއޯސް އަދި ސްޓާ ސްޓޫޑިއޯސްއާ ގުޅިގެންނެވެ.
މި ފިލްމުގައި އަޖޭގެ އިތުރުން ތާބޫ، ޝްރިޔާ ސަރަން، އަދި ރަޖަތު ކަޕޫރު ފަދަ ތަރިން އެ މީހުންގެ ކުރީގެ ރޯލުތަކުން އަލުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ޕްރަކާޝް ރާޖާއި ޖައިދީޕް އަހްލަވަތު ވެސް މި ފިލްމުގެ އާ ކާސްޓުންގެ ގޮތުގައި ބައިވެރިވެ އެވެ.
ބޮލީވުޑްގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ މި ތުރިލާ ފްރެންޗައިޒްގެ މި އެންމެ ފަހު ބަޔާއެކު، ވިޖޭ ސަލްގޯންއުކަރުގެ ވާހަކަ ނިމިގެންދާނީ ކޮން ގޮތަކަށް ކަން އެނގިގެންދާނެ އެވެ.
އަމްބާނީ އާއިލާއަށް ރަންވީރުގެ ހާއްސަ \ޝުކުރެއް!
"މައިކަލް"ގެ ސީކުއަލްގައި ޖިންސީ ގޯނާގެ ތުހުމަތުތަކަށް ނަޒަރެއް!
އީރާނުން 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިއްޖެ