ބަރުދަން ލުއިކުރާ ބޭސްތަކާއި އިންޖެކްޝަންތައް ބޭނުން ކުރުމުގައި، ސިއްހީ ބޭނުންތަކަށްވުރެ ބޮޑަށް މީހާގެ ބުރުސޫރަ ރީތި ކުރުމާއި ވަގުތީ ބޭނުންތަކަށް ސަމާލުކަންދޭ މިންވަރު އިތުރު ވަމުންދާ ކަމަށް އާ ދިރާސާއަކުން ދައްކައިފި އެވެ.
ލޮއިޑްސް ފާމަސީ އޮންލައިން ޑޮކްޓާގެ އެދުމުގެ މަތިން ހަދާފައިވާ މި ދިރާސާއިން ހާމަ ވެފައިވާ ގޮތުގައި، ގިނަ ބަޔަކު މިފަދަ ބޭސްތައް ބޭނުންވަނީ ކައިވެނީގެ ހަފުލާތަކާއި، ޗުއްޓީ ދަތުރުތަކާއި އަދި ހާއްސަ ބައްދަލުވުންތަކަށް ތައްޔާރު ވުމުގެ ގޮތުންނެވެ.
މި ސާވޭގެ ނަތީޖާ ދައްކާ ގޮތުން، ބައިވެރިންގެ ތެރެއިން 78 ޕަސެންޓް މީހުން ބުނެފައިވަނީ ކައިވެނީގެ ޕާޓީއަކަށް ނުވަތަ ހަފުލާއަކަށް ތައްޔާރު ވުމުގެ ގޮތުން ބަރުދަން ލުއިކުރާ ބޭސް ބޭނުން ކުރަން ވިސްނާފާނެ ކަމަށެވެ.
އެއާއެކު 74 ޕަސެންޓް މީހުން ޗުއްޓީއަކަށް ދިއުމުގެ ކުރިންނާއި، 61 ޕަސެންޓް މީހުން ކައިވެނިތައް ބާއްވާ މޫސުމާ ދިމާކޮށް މިފަދަ ފަރުވާތަކަށް ޝައުގުވެރިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން، މިފަދަ ބޭސްތައް ބޭނުން ކުރަމުންދާ ނުވަތަ ކުރިން ބޭނުން ކޮށްފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ބުނެފައިވަނީ ބޭސް ބޭނުންކުރި މައިގަނޑު މަގުސަދަކީ "ބުރުސޫރަ ރީތި ކުރުން" ކަމަށެވެ.
ސިއްހީ މާހިރުން އިންޒާރުކުރާގޮތުގައި ބަރުދަން ލުއިކުރާ ބޭސްތަކަކީ ހަމައެކަނި ވަގުތީ ރީތިކަން ހޯދުމަށް ނުވަތަ އަވަސް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަންޖެހޭ އެއްޗެއް ނޫނެވެ.
މިއީ ސިއްހީ ގޮތުން ފުރިހަމައަށް ބެލުމަށްފަހު، ޑޮކްޓަރެއްގެ ލަފާގެ މަތިން ބޭނުން ކުރަންޖެހޭ ބޭސްތަކެއްކަން ފާހަގަކޮށް، ޞިއްޙީ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި ރަސްމީ އަދި ހުއްދަ ލިބިފައިވާ ފަރާތްތަކުން ނޫނީ މިފަދަ ފަރުވާތައް ހޯދުން ރައްކާތެރި ނޫން ކަމަށް މާހިރުން ވަނީ އިރުޝާދު ދީފަ އެވެ.
"ބޭރު ފައިސާއިން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ވިއްކާ"
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
އީރާނަށް އަޅާނެ އިގްތިސާދީ ފިޔަވަޅުތައް އެމެރިކާއިން ހާމަކޮށްފި