އެމެރިކާ އާއި އިޒްރޭލުގެ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރާ ބިލެއް އީރާނުގެ މަޖިލީހުން ދިރާސާކުރަން ފަށައިފި އެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލުގެ އިތުރުން "ދުޝްމަނު" ގައުމުތަކުގެ އުޅަނދުފަހަރު ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލެއްގެ ދެލިކޮޕީއެއް މިހާރު ދަނީ މަޖިލީހުގެ ކޮމިޓީއަކުން ދިރާސާކުރަމުންނެވެ.
މި ބިލުގައި ވާގޮތުން، މި ގަވާއިދާ ހިލާފުވާ އުޅަނދުފަހަރު އުފުލާ މުދަލުގެ ޖުމްލަ އަގުގެ 20 އިންސައްތައާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ.
އީރާނުގެ މަޖިލިސް މެންބަރު ވިދާޅުވި ގޮތުގައި، މި ބިލަކީ އަދިވެސް ފަންނީ މާހިރުންގެ ދިރާސާ މަރުހަލާގައި އޮތް ބިލެކެވެ. އަދި ބިލުގެ މަސައްކަތް ނިމި ފައިނަލް ކުރުމުގެ ކުރިން، ކަމާބެހޭ ދާއިރާތަކުގެ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމަށް މަޖިލީހުން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އީރާނުން މިފަދަ ގާނޫނެއް ފާސްކުރަން ތައްޔާރުވަމުން ދާއިރު، އީރާނާއި އޮމާނާ ދެމެދު ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ އާ އެއްބަސްވުމެއްގެ ދަށުން، ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ މުހިންމު ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ގަލްފަށް ވަންނަ އުޅަނދުފަހަރުގެ ފުރިހަމަ ކޮންޓްރޯލް ތެހެރާނަށް ލިބިގެންގޮސްދާނެ ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ. އޮމާނާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެކަމަށް އީރާނުން ވަނީ ބުނެފަ އެވެ.
ބައްޕަގެ ބިރު: ޔޫސުފް ޚާން ދިލިޕް ކުމާރަށް ބަދަލުވި ގޮތް!
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި
ދޯންޏެއް އަޑިއަށް ގޮސް ސިފައިންގެ މީހަކާއި ފުލުހަކު ގެއްލިއްޖެ
