އޮންލައިން ނޫސް "އަދަދު" އިން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީސް ބަލާފާސްކުރުމަށްފަހު ގެންދިޔަ ތަކެތި އަނބުރާ ހަވާލުކުރަން އަންގާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ, އެތަނުގެ ބައެއް އިލެކްޓްރޯނިކް ސާމާނުތައް ގެންދިޔައީ އެ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ގުޅޭގޮތުން ނެރުނު ޑޮކިއުމެންޓްރީގެ މައްސަލާގަ އެވެ.
އެ ތަކެތި އަނބުރާ ހޯދަން އަދަދު ނޫހުގެ ފަރާތުން މައްސަލަ ހުށަހެޅުމުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައިވަނީ އަދަދު ނޫސް ބަލައި ފާސްކޮށް, އެތަނުން ތަކެތި ގެންގޮސްފައިވަނީ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ކަމަށެވެ.
މިވަގުތު އެތަކެތި އަނބުރާ ހަވާލުކުރަން އެންގޭނެ ހަމައެއް ނެތް ކަމަށް ގާޒީ އިބްރާހިމް ޒިހުނީ ނިންމެވި ނިންމުމުގައިވެ އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒްފު ކުރުމުގެ ދައުވާކޮށްފަ އެވެ. އަދި އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވެސް ކޯޓުން އޮތީ އަމުރެއް ނެރެފަ އެވެ.
އެ އަމުރު ނެރެފައި ވަނިކޮށް އެ ޑޮކިއުމެންޓްރީއާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުވާލުކުރި އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނާއި އެ އެ އަމުރުގެ ވާހަކަ ޝާއިއުކުރި އަދަދުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރުގެ މައްޗަށް ވެސް ޖަލު ހުކުމެއް ކޯޓުން ކުރިން އިއްވި އެވެ.
ހާލަންޑްގެ "ރަން" އިސްތަށިގަނޑު ކޮށާލައިފި
ގައުމުތަކުން އެމެރިކާއަށް އެއްބާރުލުން ނުދޭން އީރާނުން ގޮވާލައިފި
ފޭދޫ ސުކޫލުގެ ކެޑޭޓް ކޭމްޕުގެ 31 ދަރިވަރަކު ބަލިވެގެން ފަރުވާދެނީ
