އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ގާނޫނީ ހަދާ މަޖިލީހުގެ މެންބަރު ކަންގަނާ ރަނޯޓް، ޒުވާން ޖީލު ("ޖެން-ޒީ") އާ ގުޅޭގޮތުން ދެއްކި ހަރުކަށި ވާހަކަތައް އަނބުރާ ގެންގޮސް، އެއީ ގައުމުގެ އެންމެ ބޮޑު ބާރު ކަމަށް ބުނެފި އެވެ.
ކަންގަނާ މީގެ ކުރިން ވަނީ ޖަންތަރު މަންތަރުގައި މުޒާހަރާކުރި ޒުވާނުންނަށާއި، ހުޅަނގުގެ ފިކުރުތަކަށް ތަބާވާ ކަމަށް ބުނެ ބައެއް އަންހެނުންނަށް ނިސްބަތްކޮށް "ޖެނެރޭޝަން ގަޓަރު"ގެ ނަމުން މުހާތަބު ކޮށްފަ އެވެ.
އެ މުޒާހަރާތަކުގެ ވީޑިއޯތައް ފެނުނަސް އޭނާގެ މޭ ނުބައިކުރާ ކަމަށާއި އެކަމުގެ ސަބަބުން ސޯޝަލް މީޑިއާ "ޑިޓޮކްސް" އެއް ބޭނުންވި ކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް، ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި)އަށް މިފަހުން ދިން އިންޓަވިއުއެއްގައި ކަންގަނާ މިހާރު ވަނީ އޭނާގެ ރާގު މުޅިން ބަދަލުކޮށްފަ އެވެ.
"ޖެން-ޒީ އަކީ އަޅުގަނޑުމެންގެ ގައުމުގެ ބާރު. އަދި އެއީ ގައުމަށް ލިބިފައިވާ ވަރަށް ބޮޑު ރައުސްމާލެއް. އަޅުގަނޑުމެންގެ ޒުވާނުން އަޅުގަނޑުމެންގެ ސަގާފަތާއި ގައުމީ ޝަހްސިއްޔަތުގެ ސަފީރުންގެ ގޮތުގައި ކުރިއަށް ނުކުންނާތީ ވަރަށް އުފާކުރަން،" ކަންގަނާ ބުންޏެވެ.
މީގެ ކުރިން ސޯޝަލް މީޑިއާގައި ކަންގަނާ އާންމުކުރި ވީޑިއޯތަކެއްގައި މުޒާހަރާގެ ބައިވެރިން ބޭނުންކުރި ބަސްމަގަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އެއާއެކު ޒުވާނުން ބޭނުންކުރާ ނުރައްކާތެރި ބަސްމަގުގެ ސަބަބުން އެއީ ގައުމުގެ އަގު ވަޒަން ނުކުރާ "ޖެނެރޭޝަން ގަޓަރު" ކަމަށް ސިފަކުރި އެވެ.
ނަމަވެސް، އޭނާގެ މި އާ އިންޓަވިއުއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އޭނާ "އުނބަށް ޖެހުމުން" ފާޑުކިޔައި، ސިޔާސީ މަގާމުގެ ސަބަބުން ވާހަކަ ބަދަލުކުރީ ކަމަށް ބުނަމުންނެވެ.
އެންމެ ގިނައިން ބެލީ މަގުމައްޗަށް ކުނި އެޅި މައްސަލަތައް
ގިނައިން ފެން ބުއިމަކީ އަބަދުވެސް އެންމެ ރަނގަޅު ގޮތްތަ؟