މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ހަފުތާއެއް ތެރޭ އެންމެ ގިނައިން ބަލައިފައި ވަނީ، އާންމު ތަންތަނަށް ކުނި އެޅުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.
ސިޓީ ކައުންސިލުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިދިޔަ މަހުގެ 26 އިން މި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އެ ޔުނިޓުން ޖުމްލަ 321 މައްސަލައެއް ބެލި އެވެ. އޭގެ ތެރެއިން 96 މައްސަލައެއް ބަލައި ނިންމާފައިވާއިރު، 225 މައްސަލައެއް އިތުރަށް ބަލަން ވަނީ ނިންމާފަ އެވެ. އަދި އަށް މައްސަލައެއްގައި ނަސޭހަތްދީ، ފަސް މައްސަލައެއްގައި ވަނީ ޖޫރިމަނާކޮށްފަ އެވެ.
އެ ޔުނިޓުން ބެލި މައްސަލަތަކުގެ ބޮޑު ބަޔަކީ މަގުތަކާއި ގޯޅިތަކުގެ އިތުރުން ހުސްބިންތަކާއި ފަޅުތެރެއަށް ކުނި އެޅުމުގެ 256 މައްސަލައެކެވެ. މީގެއިތުރުން ފުރާޅާއި ދިޔަދޮވި އަދި އޭސީ އައުޓްޑޯ ޔުނިޓުތަކުން މަގުމައްޗަށް ފެން ފޭބުމުގެ 15 މައްސަލައަކާއި، މަގުމަތީގެ ނިޝާންތަކާއި ލައިޓްތައް ހަލާކުވުމުގެ 15 މައްސަލައެއް ބެލި އެވެ. އަދި މަގުތަކުގެ ޕޭމަންޓާއި ކާނު ފަދަ ތަންތަން ހަލާކުވެފައި ހުރުމުގެ 12 މައްސަލައެއް ވެސް ވަނީ ފާހަގަކޮށްފަ އެވެ.
ހަމައެއާއެކު ގަވާއިދާ ހިލާފަށް މަގުމަތީގައި ވިޔަފާރިކުރުމުގެ 11 މައްސަލައެއް ފާހަގަވިއިރު، އާންމު ޕާކުތަކާއި މިސްކިތްތަކުގައި ނިދުމުގެ ތިން މައްސަލައެއް ބަލައި އެފަދަ ތަންތަން ފާސްކޮށްފައިވެ އެވެ.
"ބިންތަކުގެ ބާރު ނަގާ އިސްލާހާއެކު މަޝްރޫއުތައް އަވަސް ވާނެ"
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!
ޔަޝް ރާޖްގެ އެންމެ ފުރަތަމަ ބިރުވެރި ފިލްމުން ފެންނާނީ ވަރުން!