ގައުމީ ކުޅިވަރު އެސޯސިއޭޝަންތައް ހަރުދަނާކޮށް ހިންގުމަށްޓަކައި ކުޅިވަރު ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
ކުޅިވަރުތައް ކުރިއެރުވުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެސޯސިއޭޝަންތަކުގެ އިދާރީ ކަންކަން ރަނގަޅު ނުވުން ކަމަށާއި މިކަން ހައްލުކުރުމަށް މިނިސްޓްރީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މިނިސްޓަރާއި ހަވާލާދީ ސަރުކާރުގެ ހަބަރުތައް ގެނެސްދޭ 'ސަރުކާރު' ވެބްސައިޓްގައި ވެއެވެ. މިގޮތުން ކުޅިވަރު ގާނޫނޫތަކަށް ގެންނަންޖެހޭ އިސްލާހުތައް ފާހަގަކޮށް އެޓަނީ ޖެނެރަލްގެ އޮފީހަށް އަންނަ މަހު ފޮނުވާލެވޭވަރު ވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަ ރާފިއު ވިދާޅުވީ މިހާރަށް ވުރެން ބޮޑަށް ސްޕޯޓްސް ކޮމިޝަނަރުގެ އިތުރުން ކުޅިވަރު މިނިސްޓްރީން ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ ގިނަ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
ބްރެޑްއާ ދެކޮޅަށް އެންޖެލީނާއަށް ބޮޑު މޮޅެއް!
ބްލޭކްއާއި ޖަސްޓިންގެ ގާނޫނީ ކޯޅުން އެންމެ ފަހުން ނިންމާލައިފި
ބޭރު ފައިސާ ހޯދަން ގޮންޖެހުމެއް، ނުރައްކާ ބޮޑު: އޮޑިޓް އޮފީސް