ހުޅުމާލޭ މިދިލި މަގުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އަވިން ހަކަތަ އުފައްދާ އެންމެ ބޮޑު މަޝްރޫއުގެ ދަށުން މާލެ-ހުޅުމާލެ ހައިވޭ އާއި ހައިވޭއިން ފައިބައިގެން ދާ މަގުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަށް މީގެ ކުރިން ވެސް އެކްސިޑެންޓުތަކުގައި ގެއްލުން ލިބިފައިވެ އެވެ.
ފުލުހުން ބުނީ މިއެކްސިޑެންޓް ހިނގާފައި ވަނީ މިދިލިމަގުން ދުއްވާފައި ދިޔަ ކާރެއް ސޯލާ ޕެނަލް ހަރުކުރުމަށް ޖަހާފައި ހުރި ހޮޅިތަކުގައި ޖެހިގެން ކަމަށެވެ. މިއެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 8.45 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.
މިއެކްސިޑެންޓްގައި ކާރު ދުއްވަން އިން ޑްރައިވަރަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ހާމަކުރެ އެވެ
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުގު ކުރަމުންނެވެ.
ދުނިޔޭގެ ސިނަމާތަކަށް ބިރުވެރި ފިލްމުތަކުގެ "ރަން ޒަމާނެއް"!
ކައިވެނީގެ ހަފްލާގައި ކެލަމްގެ ގަމީސް ހާއްސަވީ ކީއްވެ؟
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް