ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިނަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފި އެވެ.
މި އެކްސިޑެންޓް ހިނގީ މާލެ ހުޅުމާލެ ހައިވޭގަ އެވެ.
މެންބަރު ސައުދު އެކްސިޑެންޓުވީ މިއަދު ހެނދުނު މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. އެ އެކްސިޑެންޓްވީ ހައިވޭގައި ދުއްވާފައިދިޔަ ޕިކަޕެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައުދަށް ބޮޑެތި އަނިޔާތަކެއް ވެފައިވެ އެވެ.
އެ އެކްސިޑެންޓްގެ ސަބަބުން ލިބުނު އަނިޔާތަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.
މެންބަރު ސަޢުދުގެ އާއިލާއިން ބުނިގޮތުގައި ސައުދަށް ލިބުނު އަނިޔާ އާއި ގުޅިގެން ސާޖަރީއެއް ހެދުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
އަމީތާބުގެ ކެއުމާއި ނިދުމަށް ވެސް ބުރޫ އަރާފައިވާ ކަމަށް ބުނެފި
ޑޮލަރުގެ އަގު މައްޗަށް ދަނީ ބާޒާރުގައި ނެތުމުން: ނަޝީދު
ވިއްސާރަ މޫސުމުގައި ލޯ ރަތްވެ ފެން އަންނަނީތަ؟
