މާލޭގައި މިރޭ ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ މިރޭ 22:05 ހާއިރު ކަމަށެވެ.
އެ ބިދޭސީ މީހާ އަށް ހަމަލާދީފައި ވަނީ މާފަންނު ފިޔާތޮށި ގޯޅީގައި ކަމަށާއި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެ ބިދޭސީ މީހާއަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ ހާދިސާގައި ޒަޚަމްވީ ކޮން ގައުމަކަށް ނިސްބަތްވާ ބިދޭސީއެއް ކަމެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
