މިދިޔަ މަހު ހާޓްއެޓޭކެއް ޖެހިގެން މަރުވި "ބިގް ބޮސް 13" ކާމިޔާބު ކުރި އެކްޓަރު ސިދާތު ޝުކުލާގެ އެންމެ ފަހުގެ ލަވައަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
މިދިޔަ ހުކުރު ދުވަހު ނެރުނު ލަވައިގައި ފެނިގެން ދަނީ ސިދާތު އާއި އޭނާ އާއި ފެނިގެންދަނީ އޭނާގެ ލޯބީވެރިޔާ ޝެހެނާޒް ގިލް (ސަނާ) އެވެ.
ސިދާތު މަރުވުމާ ގުޅިގެން މިލަވާގެ ނަން ބަދަލުކޮށް ނެރުމަށް ސާރޭގާމާއިން މަސައްކަތް ކުރި ނަމަވެސް ސިދާތުގެ ފޭނުން އެކަމާ ނުރުހުން ފާޅުކުރުމުން އެންމެ ފަހު ސާރޭގާމާއިން ވަނީ ކުރިން ވެސް އެލަވަ ނެރުމަށް ނިންމާފައިވާ ނަމުގައި އެ ލަވަ ނެރެފަ އެވެ.
އެގޮތުން ފޭނުން ބޭނުވި ގޮތަށް "ހެބިޓް" ނަމުގައި ލަވަ ނެރެފައިވާއިރު ލަވައަށް އަންނަނީ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ލަވަ ރިލީސްކޮށްފައިވަނީ ޝޫޓިންގެ ތެރެއިން ނަގާފައިވާ މަންޒަރުތައް ހިމަނައި އޭނާ މަތިން ހަނދާންކޮށް ޝެހެނާޒްގެ އިތުރު ހުށަހެޅުމަކާ އެކު އެވެ. މިލަވައިގެ ސަބަބުން ސިޑްނާޒްގެ ފޭނުންނަށް ވަނީ ސިދާތުގެ ހަނދާންތައް އާކޮށްދީފަ އެވެ. ލަވަޔަށް ކޮމެންޓުކޮށް ގިނަ ބަޔަކު ބުނެފައިވަނީ ސިދާތު ދުނިޔޭގައި ނެތްކަން އަދިވެސް ގަބޫލުކުރަން ދަތި ކަމަށާއި އޭނާ މަތިން އަބަދުވެސް ހަނދާން ވާނެ ކަމަށެވެ.
ސިދާތުގެ ކުއްލި މަރާއެކު ސަނާއަށް ވަރަށް ބޮޑު ހިމޭންކަމެއް އައިސްފައިވާއިރު އޭނާގެ ބަތަލާއެއްގެ ރޯލު ކުޅެފައިވާ ޕަންޖާބީ ފިލްމު "ހޯންސްލާ ރަކް" ވަނީ ރިލީޒް ކޮށްފަ އެވެ.
ދިރާގުން ދޭ ފަހު ބޯޓު ހޯދުމުގެ ފުރުސަތައް ބާކީ 7 ދުވަސް
އިޒްރޭލް-އެމެރިކާއާ ދެކޮޅަށް އިރާގުން ހަނގުރާމަ އިއުލާނު ކޮށްފި
އެމްއޭސީއެލުން 1.6 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރަށް
ސިދާތުގެ ލަވައަށް ބަދަލު ގެނައުމުން ފޭނުން ރަތަށް