އޯޓްސްއަކީ ގިނަ ބަޔަކު ބަރުދަން ލުއިކުރަން ކެއުމުގައި ހިމަނާ ބާވަތެކެވެ. ނަމަވެސް އޯޓްސް ވެސް ރަނގަޅު ގޮތުގައި ބޭނުންނުކުރާނަމަ ބަރުދަން ލުއިވުމުގެ ބަދަލުގައި އިތުރުވެދާނެ އެވެ.
އޯޓްސްއަކީ ޕްރޮޓީންސް އާއި ފައިބާ އަދި ދަގަނޑުގެ ބައި ފަދަ މާއްދާތައް އެކުލެވޭ ސިއްހަތަށް ފައިދާހުރި ގޮދަނުގެ ބާވަތެކެވެ. އޯޓްސްގައި އެކުލެވޭ ފައިބާގެ ސަބަބުން ހަޖަމުކުރުން ލަސްކޮށްދީ، ގިނައިރު ބަނޑުހައި ނުވެ ހުރެވެ އެވެ.
އޯޓްސްއާއެކު ތަރުކާރީ އާއި މޭވާގެ ބާވަތްތައް ކެއުމުގައި ހިމަނާ ނަމަ ބަރުދަން ލުއިކުރުމުގައި ވަރަށް ބޮޑު އެހީއަކަށް ވާނެ އެވެ. އެހެން ނޫންނަމަ ބަރުދަން އިތުރުވުން ގާތެވެ.
އޯޓްސް ބޭނުންކުރާއިރު، ހަކުރާއި ބަޓަރު ފަދަ ތަކެތި އެޅުމަކީ ހަށިގަނޑަށް އެތެރެވާ ކެލޮރީސް ގިނަވެ ބަރުދަން އިތުރުވާން މަގުފަހިކޮށްދޭ ކަމެކެވެ. މީގެ އިތުރުން ހަމައެކަނި އޯޓްސް ބޭނުންކޮށް އެކީގައި އެހެނިހެން ސިއްހަތަށް ފައިދާހުރި ބާވަތްތައް ދޫކޮށްލުމަކީ ވެސް ބަރުދަން އިތުރުވާނެ ކަމެކެވެ.
އެހެންކަމުން އެންމެ ރަނގަޅު ގޮތުގައި އޯޓްސްގެ ފައިދާ ހޯދުމަށް އޯޓްސްއާއެކު ހަށިގަނޑަށް ބޭނުންވާ އެހެނިހެން ބާވަތްތައް ވެސް ހިމަނާށެވެ. ހިތް އެދޭ ނަތީޖާ އަވަހަށް ފެންނާނީ އެގޮތުގެ މަތިންނެވެ
ވޯލްޑް ކަޕްގައި ޝަކީރާގެ ކާމިޔާބު 20 އަހަރު!
އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރު
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
ކޮބާ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް...