ކާމިޔާބު އެތަކެއް ހިންދީ ފިލްމުތަކެއް ކުޅެފައިވާ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރުގެ "ޖާޒީ" އަންނަ ނޮވެމްބަރު މަހު ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހިދު ކަޕޫރުގެ ތެލުގޫ ފިލްމުގެ ރީމޭކެއް "ޖާޒީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ.
ހުނަރުވެރި އެހެން ނަމަވެސް ފެއިލްވެފައިވާ ކްރިކެޓް ކުޅުންތެރިއެއްގެ ދިރިއުޅުމަށް ބިނާކޮށް ހަދާ މިފިލްމް ޑައިރެކްޓްކުރާނީ ގޯތަމް ތިނާރީ އެވެ.
ޝާހިދު އެންމެ ފަހުގެ ފިލްމަކީ ވެސް ރިމޭކްތަކެވެ. އެއީ 2019 ގެ "ކަބީރު ސިންގް" އެވެ.
"ކަބީރު ސިންގް" އަކީ 2018 ގެ ތެލެގޫ ފިލްމު "އަރުޖުން ރެޑީ" ގެ ރިމޭކެކެވެ.
މިފިލްމަށް ފަހު ދެން ކުރިއަށް އޮތީވެސް ރީމޭކެއްގެ ފިލްމެކެވެ. އެގޮތުން ދެން ޝާހިދަށް ލިބިފައި ވަނީ ފްރާންސްގެ ކާމިޔާބު ފިލްމެއްގެ ރިމޭކެވެ.
ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކުޑަކަމުދާ ތަކެތީގެ ކުލަ ސާފުކޮށް ހުރުމަކީ މޮޅު ކަމެއް ނޫން!
ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫ ޔޫއޭއީއަށް ސިއްރު ދަތުރެއް