ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ސަޕްލައި ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، މިހާތަނަށް 6،000 އަކަ ނޯޓިކަލް މޭލަށްވުރެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފި އެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ދިވެހި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކެޕްޓަނެވެ. މި ތިން މީހުން ގެއްލިފައިވަނީ އިއްޔެ ރޭގެ ވަގުތެއްގައި އެ ދޯންޏަށް ރާޅު އަރައި ދިޔަވަމުންދާތީ، އުޅަނދާއި އޭގައި ތިބި މީހުން ސަލާމަތްކުރުމަށް ސިފައިންނާއި ފުލުހުން ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ދޯނި އަޑިއަށް ދިޔަ ހާދިސާގަ އެވެ.
އެމްއެންޑީއެފް އިން ރޭ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ގެއްލުނު މީހުން ހޯދުމަށް ކުރިއަށްގެންދާ ވަރުގަދަ އޮޕަރޭޝަނުގައި ވައިގެ މަގުން 5،212 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފަ އެވެ. އަދި ކަނޑުމަގުން 1،070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފަ އެވެ.
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުން ގުޅިގެން ހުއްޓުމެއް ނެތި އަންނަނީ ކުރަމުންނެވެ.
ކާތަކެތީގެ އަގު މިދިޔަ މަހު 5.89 ޕަސެންޓަށް އުފުލިއްޖެ
"ބިންތަކުގެ ބާރު ނަގާ އިސްލާހާއެކު މަޝްރޫއުތައް އަވަސް ވާނެ"
ފިޓްނަސް ކޯޗިން އިން އަޝަމްއަށް ލިބުނީ އާ ދިރުމެއް!