މިނިކޮއި (2ޖޫން) އެޑްމިނިސްޓްރޭޓް ގެ ހަރުކަށި ފިޔަވަޅުތަކާއެކު ލަކްޝަދީބްގައި ހަމަނުޖެހުންތައް އިތުރުވެފައި ވަނިކޮށް އެ ސަރަހައްދުގައި އޮތް ފުރަބަންދު ދިގު ދަންމަން އެ ރަށްތަކުގެ އެޑްމިނިސްޓްރޭޝަންއިން ނިންމައިފި އެވެ.
ކޮވިޑް ކޭސްތައް އިތުރުވާ ކަމަށް ބުނެ ކުރިއަށް އޮތް ހަތް ދުވަހަށް އިއުލާނުކުރި މި ފުރަބަންދަކީ މަގުތަކަށް ނިކުމެ ނުރުހުން ފާޅުކުރާ އާއްމުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްކަމުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
ލަކްޝަދީބުވެ ކަލެކްޓަރު އެސް އަސްކަރު އަލީ ސޮއިކޮށް ނެރުއްވި އަމުރުގައިވާގޮތުން މި ފިޔަވަޅަކީ އެ ސަރަހައްދުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެކެވެ. މި ފިޔަވަޅުގެ ދަށުން އެ ސަރަހައްދުގެ ހަތަރު ރަށެއް އެއްކޮށް ފުރަބަންދު ކޮށްފައިވާއިރު ހުރިހާ ރަށްތަކެއްގައި ވެސް ރޭގަނޑުގެ ކާފިއު ހިންގޭނެ ކަމަށް އެ އަމުރުގައިވެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މަލިކަށް އަރާފައިބާ ހުރިހާ އެންމެން ވެސް ހަތް ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރެން ޖެހެ އެވެ. މީގެ ތެރޭގައި އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގައި އެ ސަރަހައްދު ތަމްސީލު ކުރާ މެމްބަރުން ވެސް ހިމެނެ އެވެ.
ސަރުކާރުގެ މި ނިންމުމަށް ލަކްޝަދީބުގެ ސިޔާސީ ޕާޓީތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. – ޓައިމްސްނިއު
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާ ވެސް އިސްތިއުފާ ދެއްވައިފި
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
އެޕްސްޓީން ފައިލް ތަކުން ހާމަވި ބިރުވެރި ބައެއް ހަގީގަތްތައް!