ބޭންކް އޮފް މޯލްޑިވްސްއިން އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކުވެސް ހިންގަމުން އަންނަ އިންފޮމޭޝަން، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ (އައިސީޓީ) ޕްރޮގްރާމް ކާމިޔާބުކަމާއެކު ށ. ފުނަދޫ އަދި މިލަންދޫ ސްކޫލްގައި ނިންމާލައިފި އެވެ.
ބީއެމްއެލްގެ ޓެކްނޮލޮޖީ ޑިވިޜަންގެ 10 އަންހެން މުވައްޒަފުންގެ ޓީމަކުން ވަނީ ށ. ފުނަދޫ ސްކޫލް އަދި އެ އަތޮޅު މިލަންދޫ ސްކޫލްގެ ގްރޭޑް 7 އިން 10އާ ދެމެދުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ސެޝަންތަކެއް ބާއްވާފަ އެވެ. މި ޕްރޮގްރާމްގައި ދަރިވަރުންނަށް އައިސީޓީ ތައާރަފްކޮށްދީ، ޓެކްނޮލޮޖީ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ބެހޭގޮތުންވެސް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ހަރަކާތަކީ އިންޓަނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ ފާހަގަކުރުމުގެ ގޮތުން، ޓެކްނޮލޮޖީ ދާއިރާއިން ތައުލީމާއި ވަޒީފާގެ ފުރުސަތުތަކަށް އަންހެން ކުދިން ޝައުޤުވެރިކުރުވުމުގެ މަގުސަދުގައި ބީއެމްއެލްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ. މިއީ މި ޕްރޮގްރާމް ޖެހިޖެހިގެން ބާއްވާ ހަތަރުވަނަ އަހަރެވެ.
އީރާނުން 200 ބިލިއަން ކިއުބިކް މީޓަރަށްވުރެ ގިނަ ގޭސް ފެނިއްޖެ
ކަންގަނާއާއި ތާޕްސީގެ ކޯޅުން އަނެއްކާ ވެސް ހޫނުވެއްޖެ