ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ކަމަށްވާ ކަންގަނާ ރަނޯޓްއާއި ތާޕްސީ ޕަންނޫގެ ދެމެދުގައި އޮތް ކޯޅުން އަނެއްކާވެސް ހޫނުވެއްޖެ އެވެ.
ކަންގަނާ ތާޕްސީއަށް އަމާޒުކޮށް "ސަސްތީ ކޮޕީ" (އަގުދަށް ކޮޕީއެއް) ކަމަށް ބުނެ ކިޔާފައިވާ ފާޑުކިޔުންތަކަށް، ތާޕްސީ ވަނީ ވަރަށް ކުރު އަދި މާނަފުން ސޯޝަލް މީޑިއާ ޕޯސްޓަކުން ރައްދު ދީފަ އެވެ.
މި މައްސަލަ ފެށުނީ ތާޕްސީ ދިން އިންޓަވިއުއެއްގައި ކަންގަނާއާ އެކު އޮތް ހިޔާލު ތަފާތުވުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަމުން, މީހުންގެ ވިސްނުމާއި އަމަލުތައް ބައްޓަންވަނީ އެމީހެއްގެ ތަރުބަވީ ކަންކަމާއި މާހައުލުގެ މައްޗަށް ކަމަށް ބުނުމުންނެވެ.
މި ވާހަކަތަކާ ގުޅިގެން ކަންގަނާ ވަނީ އިންސްޓަގްރާމް ސްޓޯރީއެއްގައި ތާޕްސީއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އެގޮތުން ތާޕްސީއަކީ "ސަސްތީ ކޮޕީ"އެއް ކަމަށާއި، އޭނާގެ ކުރިއަށް އޮތް ފިލްމު 'ގަންދާރީ' އަކީ "ބީ-ގްރޭޑް" ފިލްމެއް ކަމަށް ސިފަ ކޮށްފައިވެ އެވެ.
އެއާއެކު ތާޕްސީ އޭނާގެ ތަރުބަވީ ކަންކަމަށް ފާޑުކިޔާފައިވާ ކަމަށް ބުނެ ކަންގަނާ ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. ނަމަވެސް ފަހުން ކަންގަނާ ވަނީ އެ ސްޓޯރީތައް ޑިލީޓް ކޮށްލާފަ އެވެ.
ކަންގަނާގެ މި ވާހަކަތަކަށް ސީދާ ކަންގަނާގެ ނަން ނުގަނެ ތާޕްސީ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ކުރު ޕޯސްޓުގައި ލިޔެފައިވަނީ "މިހާރު އެއޮތީ ސާބިތުވެފައި" ކަމަށެވެ.
ތާޕްސީގެ މި ޕޯސްޓާއެކު ގިނަ ފޭނުން ދެކޭ ގޮތުގައި މިއީ ކަންގަނާގެ ވާހަކަތަކަށް އޭނާ ދިން ވަރަށް ފުން އަދި ނުސީދާ ރައްދެކެވެ.
މި ދެ ތަރިންގެ މެދުގައި އޮތް ނުތަނަވަސްކަމަކީ 2019 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެކި ސަބަބުތަކާ ހުރެ ފެންމަތިވަމުން އަންނަ ކަމެކެވެ.
މިފަހަރުގެ މި އާ ޒުވާބާއެކު ބޮލީވުޑް ހަބަރުތަކުގެ ސަމާލުކަން ވަނީ އަނެއްކާވެސް މި ދެ ބަތަލާއިންނަށް ލިބިފަ އެވެ.
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
ދެ ޕެޓިޝަނަށް ބަހުސްކުރަން ދެ ގަޑިއިރު ދޭން ނިންމައިފި
ސިޔާސީގޮތުން ސްޓެލްކޯއަށް ވެއްދި މުވައްޒަފުންނަށް ބޮޑު މުސާރައެއް