ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 20 ވަނަ އެޑިޝަން، ޑެސްކަޕް 2026 ކާމިޔާބުކަމާއެކު ނިންމައިލައިފި އެވެ.
ކޮންމެ އަހަރަކު ވެސް ދިރާގު މުވައްޒަފުންނަށް ހާއްސަކޮށްގެން ދިރާގު އީ-ކްލަބް (އެމްޕްލޯޔީސް ކްލަބް) އިން އިންތިޒާމްކޮށްގެން ބާއްވަ މި މުބާރާތުގައި މި އަހަރު 300 މުވައްޒަފުން ވަނީ ބައިވެރިވެ ހޫނު ތަރުހީބެއް ލިބިފަ އެވެ.
ޖުމްލަ 19 ޓީމު ވާދަކުރި މި މުބާރާތުގެ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފައިވަނީ ސީއެންއެފްސީ ޓީމުންނެވެ. މީގެ އިތުރުން، ޕްރިމިއާ ލީގުގެ ފައިނަލްގައި ޑީ.އެސް.އެސް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދައިފައިވަނީ ވެސް ސީއެންއެފްސީ ޓީމެވެ. ސުޕާ ލީގުގެ ފައިނަލްގައި ފިނޭންޒެސް ޓީމާ ވާދަކޮށް އީއޯސީ ޔުނައިޓެޑް ޓީމު ވަނީ ސުޕާ ލީގު ކާމިޔާބުކޮށްފަ އެވެ.
އަދި މީގެ އިތުރުން، ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ "ވިމެންސް ފިއެސްޓާ" ގެ ފައިނަލްގައި އާރް.އޯ.ސީ ސްޓާސްއާ ވާދަކޮށް، ޗެމްޕިއަންކަން ހޯދައިފައި ވަނީ ފިނޭންޒެސް ޓީމެވެ.
މި މުބާރާތަކީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުންބަދަހިކުރުމުގެ މަގު ފަހިކޮށްދީ، މުވައްޒަފުން ދުޅަހެޔޮ ސިއްހަތެއްގައި ބެއިތިއްބުމަށް ދިރާގުން ދޭ ހާއްސަ އަހައްމިޔަތުކަން ހާމަވެގެންދާ ހަރަކާތެކެވެ. މި ގޮތުން، ދިރާގު އީ-ކްލަބް މެދުވެރިކޮށް މަސައްކަތުގެ މާހައުލުން ބޭރުން ކުޅިވަރާއި، މުނިފޫހިފިލުވުން އަދި އިޖުތިމާއީ އެކި ހަރަކާތްތައް މެދުވެރިކޮށް މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މުވައްޒަފުންނަށް ހިތްގައިމް އަދި މަސައްކަތްކުރާ ހިތްވާ މާހައުލެއް ބިނާކޮށްދީ، އެކަން ދެމެހެއްޓުމަކީ ދިރާގުން ނުހަނު އިސްކަމެއް ދޭ ކަމެކެވެ.
ޝެލް ލުބްރިކަންޓްސް ރާއްޖެއަށް އެތެރެކޮށް ވިއްކަނީ ވިލާއިން
9 އަހަރަށްފަހު މޭގަން އަނބުރާ އެކްޓިންއަށް އަންނަނީ!
"މައިކަލް"ގެ ސީކުއަލްގައި ޖިންސީ ގޯނާގެ ތުހުމަތުތަކަށް ނަޒަރެއް!
