ޕްރިންސް ހެރީއާ ކައިވެނި ކުރުމަށްފަހު ފިލްމީ ދާއިރާއާ ދުރުގައި ހުރި އެކްޓަރު މޭގަން މާކްލް، ނުވަ އަހަރަށްފަހު އަލުން ފުރިހަމައަށް އެކްޓިންއަށް އެނބުރި އައުމުގެ ވިސްނުން ގެންގުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ނެޓްފްލިކްސްގެ މަޝްހޫރު ކްރައިމް ސީރީޒް 'ދަ ޖެންޓަލްމަން'ގެ ތިންވަނަ ސީޒަނުން މޭގަންއަށް ރޯލެއް ދިނުމާ ގުޅޭގޮތުން މިހާރު ވަނީ ވާހަކަތަކެއް ދެކެވެން ފަށާފަ އެވެ.
މަޝްހޫރު ޑައިރެކްޓަރު ގާއި ރިޗީ އުފައްދާފައިވާ މި ސީރީޒްއަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޝޯ އެކެވެ.
މޭގަން އެންމެ ފަހުން އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ މަޝްހޫރު ލީގަލް ޑްރާމާ ސީރީޒް 'ސޫޓްސް' އިންނެވެ. އޭނާ އެ ޝޯ ދޫކޮށްލީ 2018 ވަނަ އަހަރު ޕްރިންސް ހެރީއާ ކައިވެނި ކުރުމަށްފަހު ރަސްމީ ޝާހީ ޒިންމާތަކާ ހަވާލު ވުމަށެވެ.
ނެޓްފްލިކްސްގެ 'ދަ ޖެންޓަލްމަން' ސީޒަން 3 އަށް މޭގަން ގެނައުމާ މެދު އަދި ރަސްމީކޮށް އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، މިއީ އޭނާގެ ފިލްމީ ކެރިއަރަށް އަންނާނެ ބޮޑު ކުރިއެރުމަކަށް ވެގެންދާނެ އެވެ.
މި ހަބަރުތައް ފެތުރިފައި މިވަނީ ޕްރިންސް ހެރީއާއި މޭގަން އެމެރިކާގެ ކެލިފޯނިއާގައި ހަ އަހަރު ހޭދަ ކުރުމަށްފަހު އަނެއްކާވެސް އިނގިރޭސިވިލާތަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް ތައްޔާރުވަމުންދާ ދުވަސްވަރެއްގަ އެވެ.
މޭގަންގެ މި އެކްޓިން ކެމްބެކްއާއެކު، އޭނާގެ ފޭނުންނާއި މީޑީއާގެ ސަމާލުކަން ވަނީ މި ޝޯއަށާއި އޭނާގެ ކުރިއަށްހުރި ޕްރޮޖެކްޓް ތަކަށް ހުއްޓިފަ އެވެ.
ރޭޑިއޭޝަންގެ ސަބަބުން ޖެހޭ ކެންސަރުގެ ނުރައްކާ އޮތީ ކޮން ބަޔަކަށް
"ސްޕައިޑަ މޭން: ދަ ބްރޭންޑް ނިއު ޑޭ" 2 ބިލިއަން ޑޮލަރު ކްލަބަށް!
މަޖިލީހުގައި މިހާރު އޮތީ ހިޓްލަރުގެ އުސޫލު: މީކާއިލް