ދިވެހި ފުލުހުންގެ ހިދުމަތުގެ އިމަޖެންސީ ނަންބަރު 119 އަދި ހޮޓްލައިން ނަންބަރު 3322111 އަށް ދިމާވި މައްސަލަ މިހާރު ހައްލުކޮށް، އަލުން އެ ނަމްބަރުތަކުގެ ހިދުމަތް ފަށައިފި އެވެ.

ފުލުހުން ބުނީ މިހާރު މި ދެ ނަންބަރު ވެސް ފުރިހަމައަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އާންމު ރައްޔިތުންނަށް ކުރިއެކޭ ވެސް އެއްފަދައިން މި ނަންބަރުތައް މެދުވެރިކޮށް ފުލުހުންނާ ގުޅޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އެ ނަންބަރުތަކަށް މައްސަލައެއް ދިމާވީ މީގެ ގަޑިއެއްހާއިރު ކުރިންނެވެ.

މި މައްސަލަ ދިމާވެފައިވަނީ އިމަޖެންސީ ނަންބަރު 119 ގެ އިތުރުން ހޮޓްލައިން ނަންބަރުތައް ކަމަށްވާ 3322111 އަދި 3322112 އަށެވެ. އަދި މައްސަލަ ހައްލުވަންދެން، ކުއްލި ހާލަތްތަކުގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އާންމު ނަންބަރެއްގެ ގޮތުގައި 9888999 ބޭނުންކުރުމަށް ފުލުހުން ކުރިން އެދުނެވެ.

މިހާރު މައްސަލަ ހައްލުވެފައިވާތީ ކުރިއެކޭވެސް އެއްގޮތަށް އެ ނަންބަރަށް މިހާރު ގުޅެ އެވެ.