އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި، އީރާނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ރަޝިޔާގެ ރައީސް ލަޑީމިއާ ޕޫޓިން ދެއްވައިފި އެވެ.
ސެއިންޓް ޕީޓަސްބާގުގައި ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ޕޫޓިން ވިދާޅުވީ، އީރާނަށް މިހާރު ކުރިމަތިވެފައިވާ ދަތި ދުވަސްތަކުން އެ ގައުމުގެ ރައްޔިތުން އަވަހަށް އަރައިގަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ސަރަހައްދަށް ސުލްހަވެރިކަން އައުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްލަހަތު ގޯސްވެފައިވާތީ، ރަޝިޔާއިން ވަނީ އެ ސަރަހައްދުގެ މަސްލަހަތު ހަމަޖެއްސުމަށް މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ހުށަހަޅާފަ އެވެ. ރަޝިޔާއިން ވަނީ އިޒްރޭލުގެ ހަމަލާތައް ކުށްވެރިކޮށްފަ އެވެ. މީގެ އިތުރުން، މަސްރަހު ހަމަޖެއްސުމުގެ ގޮތުން އީރާނުގެ މުއްސަނދިކޮށްފައިވާ ޔުރޭނިއަމް ރަޝިޔާގައި ރައްކާކުރުމަށް ތަކުރާރުކޮށް ހުށަހެޅި ނަމަވެސް، އެމެރިކާއިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.
"މިދިޔަ ހަފުތާގައި އީރާނުގެ ސުޕްރީމް ލީޑަރުގެ ފަރާތްޕުޅުން އަޅުގަނޑަށް މެސެޖެއް ލިބުނު. އެކަމަށްޓަކައި އިހްލާސްތެރި ޝުކުރު ދަންނަވައިދިނުމަށާއި، އީރާނެކޭ އެއްފަދައިން ރަޝިޔާއިން ވެސް ދެ ގައުމުގެ ދެމެދުގައިވާ އިސްތިރާތީޖީ ގުޅުން ކުރިއަށް ގެންދަން ބޭނުންވާކަން ޔަގީންކޮށްދެން،" ޕޫޓިން އިތުރަށް ވިދާޅުވި އެވެ.
އީރާނާއި ރަޝިޔާއާ ދެމެދު މިދިޔަ އަހަރު ވަނީ 20 އަހަރުގެ މުއްދަތަށް ދެމިގެންދާ އިސްތިރާތީޖީ ބައިވެރިވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. ރަޝިޔާއިން މިހާރު ދަނީ އީރާނުގެ ބޫޝެހްރުގައި ދެ ނިއުކްލިއާ ޔުނިޓް ބިނާކުރަމުންނެވެ. އަދި ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރުމަށް އީރާނުން ވަނީ ރަޝިޔާއަށް 'ޝާހިދު' މަރުކާގެ ޑްރޯން ފޯރުކޮށްދީފަ އެވެ.
އީރާނުގެ ހާރިޖީ ވަޒީރު އަރަގްޗީ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވަމުންދާނެ ކަމަށެވެ. އަދި ރަޝިޔާއިން ދެމުންދާ އެއްބާރުލުމަށްޓަކައި އޭނާ ރައީސް ޕޫޓިންއަށް ޝުކުރު އަދާކުރެއްވި ކަމަށް ރަޝިޔާގެ ރިއާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވެއެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލަދޭނެ ކަމުގެ އިންޒާރުދީފި
ޕީއެންއެފްގެ ޖަލްސާތައް ލައިވްކުރުން ހުއްޓާލަން އަންގައިފި
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި