އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުގެ މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެތަނުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހަވީރު 4:41 ހާއިރު ކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެއް ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް އަދި ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާގެ ހަށިގަނޑު މޫދުން ނަގައިގެން މިހާރު ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އޭނާ މަރުވާން މެދުވެރިވި ސަބަބެއް ވެސް އަދި ނޭނގެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ރ. ވާދޫން އެކަނި ކަނޑުމައްޗަށް ނުކުތް މީހަކު ގެއްލިއްޖެ
ތެލުގެ ހަރަދަށް ރާއްޖޭން 100 މިލިއަން ޑޮލަރުގެ ލޯނެއް ނަގަނީ
