މިދިޔަ އަހަރު ށ. މިލަންދޫ ފަރަށް އެރި ބޭރުގެ ޓަގުބޯޓުގެ ސަބަބުން އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މިލަންދޫ ފަރަށް އަރާފައި ވަނީ، އެޓޯލް ނެވިގޭޝަން ސާވިސަސްގެ އޭޖެންޓު ކަމުގެ ދަށުން ރާއްޖެ އައި ރިޕަބްލިކް އޮފް ނިޔޫގެ 'ޝްވޭ ލިން ޔޯން' ކިޔާ ޓަގު ބޯޓު ބޯޓެކެވެ.
މި އުޅަނދު ވަނީ އޭގެ 15 ވަރަކަށް ދުވަސް ފަހުން ފުންކޮށްފަ އެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ބުނީ ބޯޓުގެ ވެރި ފަރާތުން އައްޔަން ކުރި ސާވެޔަރުންނާއެކު ބެލި ބެލުމުން ފަރަށް ގެއްލުންތަކެއް ލިބިފައިވާކަން އެނގިފައިވާ ކަމަށެވެ. އެގޮތުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަހައްދެއް ހަލާކުވެފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ގަވައިދުގެ ދަށުން، އެ ގެއްލުމުގެ އަގު 12 މިލިޔަނަށް އަރާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
ރާއްޖޭގައި އެކި އުޅަނދުތައް ފަރަށް އަރައިގެން ގެއްލުން ލިބިފައިވާތީ މީގެކުރިން ވެސް ޖޫރިމަނާކޮށްފައިވެ އެވެ.
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
އިންތިހާބުގެ ޓައިމްލައިން ކަނޑަނާޅާތީ އެމްޑީން ކަންބޮޑުވެއްޖެ
ބޮލުން ހަން ފޮޅުމަށް ގޭގައި ދެވިދާނެ ފަރުވާތަކެއް!
