މިއަދު ފާހަގަކުރަމުން އަންނަ ގައުމީ ދުވަހު އަޅުގަނޑުމެން އަޒުމަކަށް ހަދަންވީ މިނިވަންކަން ގެއްލޭނެ ފަދަ ހިތި ތަޖުރިބާތަކެއް އިޔާދަވިޔަ ނުދިނުމަށް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގައުމީ ދުވަހުގެ އިރު ފެނުން ތޮޅިލާއިރު، އަޅުގަނޑުމެންގެ ހަނދާންތައް ދަތުރުކުރަނީ މީގެ 467 އަހަރު ކުރީގެ މާޒީއަށާއި ކަނޑުގެ ބާޒުގެ ނަމުން އޭރު މަޝްހޫރު ވި ފުރެތިކާލުންގެ އިސްތިއުމާރީ ކަސްތޮޅުތަކުން ލިބުނު އަނިޔާއިން މި ދީބު މިންޖުކޮށްދެއްވި ހިތްވަރުގަދަ ބަތަލުންގެ އަގުހުރި ޖިހާދުގެ ކާމިޔާބަށް ކަމަށެވެ.
ރައީސް ވިދާޅުވީ ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ގައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބައެއްގެ ހިޔާނާތް އެކަމުގެ ސަބަބަކަށް ވީ ކަން ކަމަށެވެ. އަދި މިއަދު އަޅުގަނޑުމެން ގަދައަޅަައި އަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުމެ ފެންނާން އޮތް ހަގީގަތަކީ، ދިވެހި ޤައުމަށް ހެޔޮ ނޭދޭ އަމިއްލަ އެދުން ބޮޑު ބަޔެއްގެ ޚިޔާނާތް އެކަމުގެ ސަބަބަކަށް ވީކަން. މިއަދު އަޅުގަނޑުމެން ގަދައަޅަައި ޢަޒުމު އާކުރަންވީ އެފަދަ ހިތި ތަޖުރިބާތަކެއް އިޢާދަވިޔަ ނުދިނުމަށް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މި ޤައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ޤައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟"
ރައީސް ވިދާޅުވީ މި ފަޚުރުވެރި ގައުމީ ދުވަހުގެ މުބާރަކްބާދު ދިވެހި އުޚުއްވަތްތެރި ރައްޔިތުންނަށް ދަންނަވަނީ، އެންމެ ފުރަތަމަ ގައުމު އިސްކުރުމުގެ ޝިއާރު ނަގަހައްޓައި، މި ގައުމުގެ ކޮންމެ ދަރިއެއްގެ ހިތުގައި ވެސް ދިވެހި ގައުމިއްޔަތުގެ ވިންދާއި ރޫހު ހިފެހެއްޓުމަށް ގޮވައިލަމުން ކަމަށެވެ.
"7 ޑޯގްސް"އާއެކު ސަލްމާން ބައިނަލްއަގްވާމީ ސްކްރީނަށް!
މާ ގިނައިން ޓީވީ ބެެލުމަކީ ސިކުނޑިއަށް ގެއްލުންހުރި ކަމެއް!
ދިދަ ނެގުމާއެކު ގައުމީ ދުވަހުގެ ހާއްސަ ހަރަކާތްތައް ފަށައިފި