އާއިލާގެ ބަޔަކު ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ބައްދަލުކުރުމުން އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝުޖާއު ސަސްޕެންޑުކޮށްފި އެވެ.
ޝުޖާއު ސަސްޕެންޑުކުރިކަން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ "ހުރިހާ"އަށް ކަށަވަރުކޮށްދީފަ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުން ވެސް މިހާރު ވަނީ ޝުޖާއުގެ ނަމާއި ފޮޓޯ އުނިކޮށްފަ އެވެ.
ސުޖާއުގެ ބޭބެ ހއ. އިހަވަންދޫ ކައުންސިލްގެ ރައީސް، އަހްމަދު ސޮބާހު އާއި ޅިޔަނު އިހަވަންދު ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު އަރީބް ވަނީ ހއ. ދިއްދޫގައި މިދިޔަ މަހުގެ 26، ވަނަ ދުވަހުގެ ރޭ ބޭއްވި ތިލަ އުތުރު އެވޯޑު ހަފްލާގެ ހަވާސާގައި ރައީސް ޔާމީނާ ބައްދަލުކުރައްވާފަ އެވެ.
ޝުޖާއު ސަސްޕެންޑުކުރީ އެހެންވެ އެވެ.
އިހަވަންދު ކައުންސިލްގެ ނައިބު ރައީސް، މުހައްމަދު އަރީބް ރައީސް ޔާމީނާ ބައްދަލުކުރެއްވުމުން އާމިނާދިޔެ ސިއްހީ މަރުކަޒުގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް ހުންނެވި އޭނާގެ ދައްތަ ޝަހުމާ މޫސާ ވެސް ވަނީ ސަސްޕެންޑުކޮށްފަ އެވެ.
އެ ދެ ބޭފުޅުން މަގާމުން ސަސްޕެންޑް ކުރިކަން ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
ކުޅުދުއްފުށްޓަށް ޑްރަގް ގެންދަން އުޅުނު މީހަކު އުމުރަށް ޖަލަށް
ފިލައިގެން ފުރަން ގޮސް ހުއްޓައި އެއާޕޯޓުން ސަނީ ހައްޔަރުކޮފި
ގިނަ ދުވަހު ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި

ހަޑި ކަންތައް ކުރަން ފެށުނީތާ