ތޮރަލަކީ ޒަމާނުއްސުރެ ދިވެހިންގެ ކެއުމުގައި ބޭނުން ކުރަމުން އަންނަ ތަރުކާރީގެ ބާވަތެކެވެ. ރިހަ ކައްކައިގެންނާއި ހިކިކޮށް ތައްޔާރުކޮށްގެން ކެއުމަށް މީރު ތޮރަލަކީ ވަރަށް ފަސޭހަ ކަމާއެކު ގޭގައި ހައްދާލެވޭ އެއްޗެކެވެ.
ދުނިޔޭގެ ގިނަ ހިސާބުތަކުގައި ތޮރާ ބޭނުން ކުރަނީ އެ ތަރުކާރީ ހަރުވެ ހިކުމުންނެވެ. އެގޮތުން ތޮރާ ހިކުމުން އޭގެ ތެރޭގައި އޮންނަ ނަރުގަނޑުން ފެން ކެއްކުމަށްފަހު އެ ފެން ބޭހެއްގެ ގޮތުގައި ބޭނުން ކުރެ އެވެ.
ތޮރާ ފެން ބޭނުން ކޮށްގެން ފަރުވާ ކުރާ ބަލިތަކުގެ ތެރޭގައި ސައިނަސް ބައްޔާއި ނޭވާލާ ނިޒާމުގެ ތަފާތު އެހެނިހެން ބަލިތައް ވެސް ހިމެނެ އެވެ.
ބަލިތަކަށް ފަރުވާ ކުރުމުގެ އިތުރުން، ހަށިގަނޑުގެ ހަންގަނޑު ރީތި ކުރުމަށްވެސް ހަންގަނޑުގައި ތޮރާ އުނގުޅައި އުޅެ އެވެ. އެއާއެކު ހަންގަނޑު ސާފު ކުރުމަށާއި ހަންގަނޑުގެ ދުޅަ ކުޑަކުރުމަށްވެސް ބައެއް ކޮސްމެޓިކު ބާވަތްތަކުގައި ތޮރާ ބޭނުން ކޮށް އުޅެ އެވެ.
އޭގެ އިތުރުން މޫނުގެ ހަންގަނޑު ދުޅަހެޔޮކަން އިތުރު ކުރުމަށްވެސް ހިއްކާފައި ހުންނަ ތޮރާ އަންދައި އޭގެ އަޅި މޫނުގައި ހޭކުމަށް ބޭނުން ކޮށް އުޅެ އެވެ.
ތޮރައަކީ ރާއްޖޭގެ ރަށްތަކުގައި ފަސޭހައިން ހައްދާ ބާވަތަކަށްވާއިރު އެއިން ލިބޭ ހުރިހާ ފައިދާތަކެއް ލިބިގަތުމަކީ އެންމެ ބުއްދިވެރި ގޮތެވެ.