ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު ވަހީދު ވަކިކޮށްފި އެވެ.
މިކަން ހާމަކޮށްފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި އެކްސް ޕޯސްޓެއްގަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވި އެޗްޑީސީ ވަގު ގޯތި މައްސަލައިގައި ވަހީދުވަނީ ސަސްޕެންޑްކޮށް ޕާސްޕޯޓްވެސް ހިފަހައްޓައިފަ އެވެ
އެޗްޑީސީގެ ހިޔާނާތުގެ މައްސަލައިގައި އޭރު އެކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުއާއެކު ބޯޑުގެ ޗެއާމަށް ފިޔަވާ އެންމެން ސަސްޕެންޑް ކުރި އެވެ. އަދި ތުހުމަތުތައް ކުރެވިފައި ވަނިކޮށް ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭރު ފުލުހުން އެ މައްސަލަ ތަހުގީގު ކުރާ ކަމަށް ބުނި ނަމަވެސް މިހާރު އެ މައްސަލަ ވަނީ ހުއްޓިފަ އެވެ. އެކަމުގެ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ދީފައިނުވެ އެވެ.
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
"ބޮޑު ބަދަލު" އޮފީސް އުފައްދައިފި