އަމިއްލަ ދެ ދަރިންނާއި އާއިލާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި މިއަދު މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ބަލަމުންދަނީ ހައްޔަރުކުރި މީހާގެ އަމިއްލަ ދެ އަންހެން ދަރިންނާއި އާއިލާގެ އެހެން ކުއްޖަކަށް ޖިއްސީ ގޯނާކުރި މައްސަލަ އެކެވެ.
ހައްޔަރުކުރީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މައްސަލަ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި އަދި ޖިންސީ ގޯނާގެ މައްސަލަތަކުގައި އަމަލުކުރާ އާންމު އުސޫލުގެ ދަށުން އަނިޔާގެ ޝިކާރައަކަށްވި ކުދިންގެ ތަފުސީލެއް ފުލުހުން ނުދެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ބަލަނީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގަ އެވެ.
ހަނގުރާމައަށް ފަހު ގާޒާގެ ބޭންކްތައް ހުޅުވި އިރު ފައިސާއެއް ނެތް!
ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!
"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖްރިބާ ހިއްސާ ކޮށްފި
ތިނުވާނެ އިންސާނަކައް. ތީ އިންސާނެއްގެ ސިފާގެހުރި ޖަނަވާރަކައްވާނީ. ދެދަރިންނާ ތިމާގެ ކުއްޖެކާމެދު އިންސާނަކައް ނުކެރޭނެ އެބާވަތުގެ އަމަލެއްހިންގާކައް
ޚިޔާލުފާޅުކުރަން ބުނެފާ ޚިޔާލުފާޅުކުރީމާ ސާއިއު ކުރަން ނުކެރޭ މީހުން ޚިޔާލުފާޅުކުރަން ނުބުނުއްވާ! ވަލިބައެއްގެ ޚިޔާލުތޯ ސާއިއު ކުރައްވަނީ.!!!؟
އާފާތްތަކާ މުސީބާތްތތަށް ނުޖެހުނިއްޔާ ދެރަ