ހުޅުމާލޭގައި ބާރަށް ދުއްވި ކާރެއް ގޮސް ސައިކަލެއްގައި މަޑުކޮށްގެންއިން މީހެއްގެ ގައިގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ މައްސަލާގައި ކާރު ދުއްވި ކަމަށް ތުހުމަތުކުރާ އިބްރާހީމް އިކްރާމް އިއްޔެ ހައި ކޯޓުން މިނިވަން ކުރުމުން ރޭގެ ވަގުތެއްގައި އަލުން ހައްޔަރުކޮށްފި އެވެ.
މިކަން ހާމަކުރައްވައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ ހައި ކޯޓުން ދޫކޮށްލި މީހާ މިހާރުވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ހައްޔަރަށް ގެނެވިފައި ކަމަށެވެ.
އޭނާ އިއްޔެ މިނިވަންކުރީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ނުދީ ދަށު ކޯޓުން މުއްދަތު ޖެހުމުން ކަމަށް ބުނެ އެވެ.
އިކްރާމް ދޫކޮށްލަން ނިންމި ނިންމުމާއި ގުޅޭގޮތުން ރޭ އިހްސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެކަން ހިނގި ގޮތް ތަހުގީގުކޮށް އިހުމާލެއްވެފައިވާނަމަ އެމީހަކަށް ނުވަތަ ބަޔަކަށް އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށާއި ދޫކޮށްލި މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރާނެ ކަމަށެވެ.
ޖުލައި 31 ގައި ހިނގި އެ އެކްސިޑެންޓުގައި އިކްރާމް ހިމެނޭހެން ކާރުގައި ތިބި ތިން މީހުން ވެސް ވަނީ ފިލަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފުލުހުން ވަނީ ތިން މީހުން ވެސް ފަހުން ހައްޔަރުކޮށްފަ އެވެ. އެއަށްފަހު ކޯޓުންވަނީ ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އަލުން މަސްތުގެ ވަބާއަށް ހުށައެޅުނު ކަމަށް ބްރެޑް ބުނެފި
"އޯއާރްއެސް"ގެ ހަގީގަތް: އެއީ ބޭރަށް ހިންގުމަށް އޮތް ހައްލެއްތަ؟
ސީއެމްޑީއޭގެ ނަމުގައި ސްކޭމެއް
މިީ ކުޅޭސަރުކާރެއް.