ސުޝާންތު ސިންހް ރާޖްޕުތުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "އެމް އެސް ދޯނީ: ދަ އަންޓޯލްޑް ސްޓޯރީ" އިންޑިއާގެ ސިނަމާތަކުގައި އަލުން އަޅުވައިފި އެވެ.
އެގައުމުގެ ކުޅަދާނަ ކްރިކެޓް ކުޅުންތެރިޔާ މަހެންދްރާ ސިންހް ދޯނީގެ ދިރިއުޅުމުގެ މައްޗަށް ހަދާފައިވާ އެ ފިލްމު އަލުން ސިނަމާތަކުގައި އަޅުވާފައިވަނީ އިއްޔެ ފާހަގަކުރި އޭނާގެ އުފަންދުވަހާ ގުޅުވައިގެންނެވެ.
2016 ވަނަ އަހަރު ރިލީޒް ކުރެވުނު ފިލްމު އެމްއެސް ދޯނީއަކީ އެ އަހަރު ރިލީޒް ކުރެވުނު އެންމެ ކާމިޔާބު ފިލްމު ކަމަށް ބޮކްސް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި ފިލްމުގެ ހާއްސަކަން އިތުރަށް ބޮޑުވަނީ އެއީ 2020 ވަނަ އަހަރު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަށްވާތީ އެވެ.
ސުޝާންތުގެ އިތުރުން އެ ފިލްމުގައި ފެނިގެންދާ އެހެން ތަރިންގެ ތެރޭގައި ދިޝާ ޕަތާނީ، ކިއާރާ އަދްވާނީ އަދި އަނޫޕާމް ކޭރް ހިމެނެ އެވެ.
ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފަށަން ފަންޑެއް
ވިތްހޯލްޑިން ޓެކްސް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
މަޖިލީހުގެ ދައުރު މިމަހުގެ 27އާ ހަމަޔަށް އިތުރުކޮށްފި