ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް އިތުރުކުރަން މިއަދު ފާސްކޮށްފި އެވެ. މިއީ މި ދައުރުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.
މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކުރުމަށް ހުށަހެޅީ ރިޔާސަތުންނެވެ. އެގޮތަށް ހުށަހެޅީ މި ދައުރުގައި ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުންނާއި ކޮމިޓީތަކުގައި ވެސް ގިނަ މަސައްކަތްތަކެއް ހުރުމުން އެ މަސައްކަތްތައް ނިންމުމަށް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް ތިން ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެ އެވެ.
ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ.
އެހެންކަމުން ގަވާއިދުގައިވާ ގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް މިދިޔަ ހޮނިހިރު ދުވަހަށް ނިންމަން ޖެހެ އެވެ. ނަމަވެސް އެ މުއްދަތު މި ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށް މިދިޔަ ހަފުތާގައި ވަނީ މުއްދަތު އިތުރުކޮށްފަ އެވެ. ދެވަނަ ފަހަރަށް މި މުއްދަތު ބަދަލުކޮށްފައި ވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހާ ހަމައަށެވެ.
ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެ އެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.
މަޖިލީހުގެ މިހިނގާ ދައުރު ދެވަނަ ފަހަރަށް އިތުރުކުރުމަށް ފާސްކޮށްފައި ވަނީ 58 މެންބަރުންގެ ވޯޓުންނެވެ.
ބޭންކިން ދާއިރާގެ 80 ޕަސެންޓަކީ ދިވެހީން ކަމުގައި ހަދަނީ
ދިރާގު މާލެ އޯޕަން 2026ގެ ރޭސްކިޓްތައް މިއަދު ދޫކުރަނީ
ކޮމާޝަލް ޔުނިޓްތަކުގެ ތަފްސީލް ދޭން އެފްޑީސީން ދެކޮޅު ހަދައިފި