ހައިކޯޓުން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގައި 90 އަށްވުރެ ގިނަ މައްސަލަ ނިންމައިފި އެވެ.
ހައިކޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި މައްސަލަތަކުގެ އަދަދަކީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު ދަށް އަދަދެކެވެ.
ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ހައިކޯޓުން ނިންމާފައިވަނީ 132 މައްސަލަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާފައިވަނީ 99 މައްސަލަ އެވެ.
ނިންމާފައި މައްސަލަތަކުގެ ބާވަތް:
- ޖިނާއީ 37 މައްސަލަ
 - މަދަނީ 35 މައްސަލަ
 - ޢާއިލީ ކަންކަމާ ގުޅޭ ދެ މައްސަލަ
 - އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ ގުޅޭ ދެ މައްސަލަ
 - ވަޒީފާއާ ބެހޭ 22 މައްސަލަ
 - ދުސްތޫރީ އެއް އްސަލަ
 
ހައި ކޯޓުން މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމި 99 މައްސަލައިގެ ތެރެއިން، ޖެނުއަރީމަހު 26 މައްސަލަ، ފެބްރުއަރީމަހު 43 މައްސަލަ، މާޗް މަހު 13 މައްސަލަ އަދި ނިމުނު އޭޕްރީލްމަހު 17 މައްސަލަ ނިންމާފައިވެ އެވެ.
ހައި ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 4 މަހު އެ ކޯޓަށް ހުށައަޅާފައިވަނީ 73 މައްސަލަ އެވެ. އަދި މި މުއްދަތުގައި 36 މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާއިރު ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 57 މައްސަލަ އެވެ.
			ހުޅުމާލެ ވަކި ސިޓީއެއްގެ ގޮތުގަ ހެދުމަށް ގޮވާލާ އަޑުތައް ގަދަވަނީ
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			ކޮޅުވެއްޓި ހާދިސާ: އެމްޕީއެލްގެ އެތެރޭގެ ތަހުގީގެއް ފަށައިފި
		
								
								