އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރު ކަމަށް އެ ކޮމިޝަންގެ އެސްޖީގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޒަކަރިއްޔާގެ ނަން ދިރާސާ ކުރުމަށްފަހު އީސީގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
އީސީގެ މެމްބަރުކަމަށް މިހާރުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ހުށައެޅުއްވީ އެކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
އީސީގެ އެސްޖީގެ މަގާމަށް ޒަކަރިއްޔާ ހަމަޖެއްސީ 18 ޖޫން 2021 ގަ އެވެ.
އީސީގެ މެންބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ.
ގުދުރަތީ މާހައުލެއްގައި 20 މިނެޓު ހޭދަ ކުރުމުން ގިނަ ފައިދާތަކެއް
މިދިޔަ 10 ދުވަހު ޑެންގީގެ 107 ކޭސް، އެންމެ ގިނައީ ކުޅުދުއްފުށީގަ
އީޝާ ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފި
