ބޮލީވުޑްގެ ކުރިމަގަށް އޭނާ އެއްވެސް އުއްމީދެއް ނުކުރާ ކަމަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރެއް ކަމަށްވާ ނަވާޒުއްދީން ސިއްދީގީ ބުނެފި އެވެ.
އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ނަވާޒުއްދީން ކުރިމަގަށް ފޮނި އުއްމީދުތައް ކުރާ މީހުން ވަރަށް ގިނަ ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެކަން ނުފެންނަ ކަމަށެވެ.
ސަބަބެއް ކަމުގައި ނަވާޒުއްދީން ބުނެފައިވަނީ އެންމެ ކުރީއްސުރެ މިއަދާ ހަމައަށް ވެސް އެއް ކަހަލަ ފިލްމުތައް ކާމިޔާބު ވަމުން އަންނަ ކަމެވެ.
"1980 އާއި 1990އިން ފެށިގެން މީހުން ބަލަމުން މި އަންނަނީ އެއް ކަަހަލަ ފިލްމުތަކެއް. ބަދަލުވަނީ އެކްޓަރުންނާއި ކޮސްޓިއުމްއާއި މޭކަޕް" ނަވާޒުއްދީން ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެކަން ބަދަލު ކުރެވި ހުރިހާ ވައްތަރެއްގެ ފިލްމުތަކަށް ވެސް ފުރުސަތު ދެވިގެން ނޫނީ ބޮލީވުޑްގެ ކުރިމަގެއް ނުފެންނަ ކަމަށެވެ.
ނަވާޒުއްދީންއަކީ އާއްމު ގޮތެއްގައި ވަރަށް ތަފާތު ފިލްމުތަކެއް ހިޔާރުކުރާ އެކްޓަރެކެވެ. އޭނާގެ ގިނަ ފިލްމުތަކެއް ބޮކްސްއޮފީހުގައި ފެއިލްވެ ނާކާމިޔާބުވެފައިވެސްވެ އެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕުން ކޮންކާކަފް އަށް 6 ޖާގަ ލިބޭނެ
މާހެފުމުގެ ސަގާފަތާއި ތާރީހަށް ނަޒަރެއް!