ސާރާ އަލީ ޚާންއާއި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ޝުބަމް ގިލް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ބުނާ ވާހަކަތަކަކީ ދޮގެއްކަން ސާރާ ޔަގީން ކޮށްދީފި އެވެ.
ކޮފީ ވިތު ކަރަންގައި ވާހަކަ ދައްކަމުން ސާރާ ބުނީ މުޅި ދުނިޔެ ވެސް އުޅެނީ "ނުބައި ސާރާ"އެއްގެ ފަހަތުން ކަމަށެވެ. އަދި އަޅުވާ ކިޔަނީ ވެސް ނުބައި މީހަކާ ކަމަށް އޭނާ އިޝާރާތް ކުރި އެވެ.
އެއާއެކު ދެން މީޑިއާގައި ދެކެވެން ފެށި ވާހަކައަކީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ސަޗިން ޓެންޑުލްކަރްގެ ދަރިފުޅު ސާރާ ޓެންޑުލްކަރްއާ ޝުބަމް ރައްޓެހިވެގެން އުޅޭ ވާހަކަ އެވެ.
އެހެން ނަމަވެސް އެ ވާހަކަތަކަށް ޝުބަމްއާއި ސާރާ ޓެންޑުލަކަރް ވެސް މިހާތަނަށް ރައްދުދީފައެއް ނުވެ އެވެ. އެހެން ނަމަވެސް އެ ވާހަކަ މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
ސާރާއަލީ ޚާންއާ ޝުބަމް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑުތައް އަރާފައިވަނީ އެ ދެމީހުން އެކުގައި އެކި ތަންތަނުން އެކި ފަހަރުމަތިން ފެނުމުންނެވެ.
"ފަލަސްތީނު މުސްލިމުން ގަތުލުކުރާ ތަން ދެކެން ދެން ކެތެއް ނުވާނެ"
އެނާޖީ ބުއިންތަކުން ދަރިމައިވުމުގެ ސިއްހަތަށް ގެއްލުންތަކެއް!
"އިންތިހާބުތައް އެއްކޮށްލައިފި ނަމަ 'ރީތި ބޮނޑިއެއް' ލިބިދާނެ"