އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ހީނަރުވާ ފަދަ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސްތަކާމެދު ފިޔަވަޅު އަޅައިދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ގޮވާލައިފި އެވެ.
އިންޑިއާ ހައިކޮމިޝަނުން މިހެން ބުނެފައި ވަނީ ރިޔާސީ އިންތިހާބަށް އިންޑިއާއިން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވާތީ އެވެ.
އިންޑިއަން ހައިކޮމިޝަނުން އެކްސްގައި ވަނީ ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކުގެ ސްކްރީން ޝޮޓްތަކެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ހައިކޮމިޝަނުން ބުނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުމަށް ބުރޫއަރާ ފަދަ ހަބަރުތައް ބައެއް އޮންލައިން ނޫސްތަކުގައި ލިޔަމުންގެންދާ ކަމަށެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާ ފަދަ ދޮގު ހަބަރުތައް ބަލައި ނުގަންނަ ކަމަށް ވެސް އިންޑިއާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.
އަދި އެމައްސަލަތައް ބަލައި ދިނުމަށް ރާއްޖޭގެ ހާރިޖީ ވުޒާރާއަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށް އިންޑިއެން ހައިކޮމިޝަނުން ވަނީ ގޮވާލާފަ އެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ފޮރިން މިނިސްޓްރީންނާއި މީޑިއާ ކައުންސިލުން އެފަދަ ނޫސްތަކާއި މެދު އެކަށީގެންވާ ފިޔަވަޅެއް އެޅުމާއި، ޒިންމާދާރުކަމާއެކު މައުލޫމާތު ހިއްސާ ކުރުމަށް ކަމާބެހޭ މީޑިއާތަކަށް މަގުދައްކައިދިނުމަށް ގޮވާލާ ކަމަށެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!
ފަހު ވަގުތު ހަވާއެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން: ކައުންސިލް

ހައިކަމިޝަނަރ މިއީ ދިމޮކްރެސީ