އައިޖީއެމްއެޗްގެ ބެކަޕް ޖަނެރޭޓަރު ހަލާކުވެ އެ ހޮސްޕިޓަލުން ކަރަންޓް ކެނޑިއްޖެ އެވެ.
އެ ހޮސްޕިޓަލުން މިރޭ ކަރަންޓް ކެނޑެން މެދުވެރިވީ މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓް ކެނޑުނުއިރު، އެ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން ވެސް ކަރަންޓް ކެނޑުމުންނެވެ.
މިރޭ 8:20 ހާއިރު ކަރަންޓް ކެނޑި 15 ވަރަކަށް މިނެޓްވި އެވެ. މިކަމުގެ ސަބަބުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ވެސް ބޮޑެތި ދަރިތަކާ ކުރިމަތިލާންޖެހުނެވެ.
މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލާ ގުޅަން ކުރި މަސައްކަތް ކާމިޔާބުވާގޮތެއްނުވި އެވެ.
"ޑޮކްޓަރަކާ ގުޅުވައި ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް"
ޔަމަނުގެ ހޫތީން ސައުދީގެ ތެޔޮ ރިފައިނަރީއަކަށް ހަމަލާދީފި
މުޒާހަރާ ކުރިއަށްގެންދަން ބޭނުންވަނީ މަޖީދީމަގުގައި: އެމްޑީޕީ
