ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ފިރިހެން ޑޮކްޓަރަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފި އެވެ.
އެ ހޮސްޕިޓަލުން ބުނީ އެތަނުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ބަލިމީހުންގެ ރައްކާތެރިކަމާއި ކަރާމާތާއި އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އިސްކަންދީގެން ދެވޭ ހިދުމަތްތަކެއް ކަމަށެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމެއް ވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ގާނޫނާއި ގަވާއިދުތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ބައެއް ވާހަކަތަކަކީ ހޮސްޕިޓަލަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ހަގީގަތާ ހިލާފު ވާހަކަތަކެއްކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. މީގެއިތުރުން ހޮސްޕިޓަލުން ހިދުމަތްދޭ ބަލިމީހުންނާއި ތަނުގެ މުވައްޒަފުންގެ އަމިއްލަ މައުލޫމާތު ފުރިހަމައަށް ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް ދީފައިވެ އެވެ.
ސިއްހީ ހިދުމަތްދޭ ތަންތަނާ ގުޅުވައި ހަގީގަތެއް ނެތް ވާހަކަތައް ފެތުރުމުގެ ސަބަބުން ބަލިމީހުންނަށާއި އާއިލާތަކަށް ނަފުސާނީ ގޮތުން ނުތަނަވަސްކަން ލިބޭކަން ހޮސްޕިޓަލުން ފާހަގަކުރިއެވެ. އަދި އެފަދަ ކަންކަމުގެ ސަބަބުން ސިއްހީ ހިދުމަތްތަކަށް އޮންނަ އިތުބާރު ގެއްލިގެންދިޔުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މިނިސްޓަރަކަށް ހުންނަވައިގެން ފަރުމާކުރެއްވި މަޝްރޫއެއް ނެތް"
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
