ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީއަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރިޒްވީ ރީޖަނަލް އެއާޕޯޓްސް އައްޔަންކުރަން ނިންމިއިރު، އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރަނީ އެމްއޭސީއެލްގެ ބޯޑު މެމްބަރު އަދި އެމްޓީޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް ސޯލިހުގެ ލަފާފުޅުގެ މަތިން ޕްރައިވެޓައިޒޭޝަން ބޯޑުން އެ ދެ ބޭފުޅުން ވެސް މަގާމަށް އައްޔަންކުރާނީ މާދަމާ އެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ.
ނޯވޭ ޓީމުން ވޯލްޑް ކަޕަށް ދިޔައީ ކާބޯތަކެތި ވެސް ހިފައިގެން!
ނާކާމިޔާބީތަކާ ގުޅިގެން ސްޓާމާ އިސްތިއުފާ ދެއްވާނެ: ޓްރަމްޕް
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިފި