ޕީއެސްޖީގެ ތަރި އަޝްރަފް ހަކީމީގެ މުދަލުގެ ދެބައިކުޅަ އެއްބައި ހޯދަން އޭނާގެ ކުރީގެ އަންހެނުން ހިބާ އަބޫކް ކުރި މަސައްކަތް ނާކާމިޔާބު ވެއްޖެ އެވެ.
ސްޕެއިންގެ ނޫހަކުން ރިޕޯޓުކުރި ގޮތުގައި ހިބާ އަޝްރަފްގެ މުދަލުން އެއްބައި ހޯދަން ނާކާމިޔާބުވީ ފުޓްބޯޅަ ކުޅުންތެރިޔާގެ ނަމުގައި އެއްވެސް މުދަލެއް ނެތުމުންނެވެ.
އެގޮތުން އަޝްރަފްގެ ހުރިހާ މުދަލެއް މީގެ ދުވަސްތަކެއް ކުރިން އޭނާގެ މަންމަގެ ނަން މައްޗަށް ބަދަލުކޮށްފައިވާ ކަމަށާއި އެހެން ކަމުން އެ މުދަލުން އެއްވެސް ބައެއް ހިބާއަށް ހައްގުނުވާ ކަމަށް ޝަރީއަތުން ވަނީ ނިންމާފަ އެވެ.
ވަރިއަށް އެދެމުން އަޝްރަފްގެ މުދަލުގެ އެއްބައި ހޯދަން ހިބާ ކޯޓަށް ހުށައެޅި އިރު ކޯޓުގެ ރިޕޯޓުގައިވާ ގޮތުންނަމަ އަޝްރަފްގެ މުސާރަ ވެސް ޖަމާވަނީ އޭނާގެ މަންމަ އަށެވެ.
ކުޅިވަރު ތަފާސް ހިސާބުތަކުން ދައްކާނަމަ އަޝްރަފްއަކީ ހަވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެފްރިކާގެ ފުޓުބޯޅަ ކުޅުންތެރިޔާ އެވެ.
އިޒްރޭލްގެ ނިއުކްލިއާ މަރުކަޒު ހުންނަ ސަރަހައްދަށް ހަމަލާދީފި
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ހިޔާ ރޯދީގަ ރޯވުމުގެ ކުރިން އެގެއަށް މީހަކު ވަންނަ ވީޑިއޯއެއް!