ސިނަމާލެ ބްރިޖްގައި މިރޭ ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ ބްރިޖާ ގުޅިފައިވާ މާލޭގެ ބޮޑުތަކުރުފާނު މަގު ތޮއްޖެހިއްޖެ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ އެކްސިޑެންޓް ހިނގީ ބްރިޖުން ދުއްވާފައިދިޔަ ބަހަކާއި ކާރެއް ޖެހިގެންނެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަން މިހާތަނަށް އެނގިފައެއްނުވެ އެވެ. ނަމަވެސް އެކްސިޑެންޓްވި ކާރަށް ގެއްލުންވިކަން އާންމުވެފައިވާ ފޮޓޯތަކުން އެނގެ އެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވެސް މިއަދު ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފަ އެވެ. އެކްސިޑެންޓްގައި އަނިޔާވި 59 އަހަރުގެ މީހަކު ވަނީ މަރުވެފަ އެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
ފުވައްމުލަކާއި ފޯޅަވަހި: ހިތާއި ހިތުގެ ގުޅުމެއް
ޑްރަގް އެތެރެ ކުރި ދެ މީހަކު ހައްޔަރުކޮށްފި
