ނިއު ޔޯކް (22 ސެޕްޓެމްބަރު) ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް އިތުރު ދަތިކުރުމުގެ ފިޔަަވަޅުތަކެއް އަަޅަން ޔޫރަޕިއަން ޔޫނިއަން އިން ނިންމައިފި އެވެ.
އިއްޔެ ނިއު ޔޯކްގައި ބޭއްވި އީޔޫ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި އެ ބޭފުޅުން ވަނީ ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި ޔޫކްރެއިން އަށް ހަތިޔާރު ފޮނުވުން އިތުރު ކުރަން ނިންމައިފަ އެވެ.
އީޔޫގެ މިނިންމުން އައިސްފައި މިވަނީ ރަޝިއާއިން ޔޫކްރެއިންގައި އެ ގައުމުގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް ރައީސް ލަމިޑިއާ ޕުޓިން ބުނެފައި ވަނިކޮށެވެ.
ޕުޓިން ވަނީ ރަޝިއާގެ ބިން ހިމާޔަތް ކުރަން އެގައުމުން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށާއި އެކަމުގައި ކުޑަކޮށް ވެސް ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
އދގެ އާއްމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ނިއުޔޯކަށް ވަޑައިގެން އުޅުއްވާ އީޔޫގެ ލީޑަރުން ވަނީ ޕުޓިންގެ ވާހަކަފުޅުތަކަކީ ހުޅަނގުގެ ގައުމުތައް ބައިބައިކޮށް އެކަމުގެ ފައިދާ ނެގުމުގެ ބޭނުުމުގައި ދައްކަވާފައިވާ ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާން ކުރެވޭނެ ކަމަށް ބެލެވެ އެވެ. -- އަލް އަރަބިއްޔާ
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
ކަނޑުމަގުން އެތެރެކުރަން އުޅުނު ވޭޕް ކާޓްރިޖްތަކެއް އަތުލައިފި
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ