ސޯޝަލް މީޑިއާގައި ބަރަހަނާ ވީޑިއޯއާއި ފޮޓޯ ޢާންމުކުރި މައްސަލައިގައި ހައްޔަރުކުރި ގ.ކަމަރާގޭ މުޙައްމަދު ނަބީލް (ޔާޔާ) ގެ ބަންދަށް ކްރިިމިނަލް ކޯޓުން މިއަދު 10 ދުވަސް ޖަހައިފި އެވެ.
އަންހެނެއް ކަމަށް ހެދިގެން ސޯޝަލްމީޑިއާގައި ބަރަހަނާވަމުންދާ ނަބީލް ހައްޔަރުކުރި މިއީ 3 ވަނަ ފަހަރެވެ.
ކޯޓު އަމުރުގައި މައްސަލައިގެ ބާވަތެއްކަމަށް އޮތީ ސޯޝަލްމީޑިއާގައި އިސްލާމްދީނާ ޚިލާފް ކޮންޓެންޓް ޕޯސްޓުކުރުން ކަމަށެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ ނަބީލްގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި, އޭގެތެރޭގައި ސައިބަރކްރައިމް ރިޕޯޓާއި ބަރަހަނާ މަންދަރު ދައްކައިދޭ ފޫޓޭޖުގެ ސްނެޕްޝޮޓް ހުށަހަޅާފައިވާ ކަމަށެވެ.
އެންމެ ފަހުން އޭނާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން އޭނާ ދޫކޮށްލީ މުޖުތަމައަށް ނުރައްކާ މީހެއް ނޫން ކަމަށް ބުނެ އެވެ.
އޭނާ ދޫކޮށްލުމަށް ނެރުނު އަމުރުގައި ވަނީ، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާއޮތް ކަމަށް ބަޔާންކޮށް ފުލުހުން ފާހަގަކުރި ކަންކަން ބަލާއިރު، އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.
ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
މުނިފޫހި ފިލުވުމާ ބެހޭ ދެތިން ކަމެއް!