ހޯމްލޭންޑު ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ޑރ. އަބްދުﷲ ފައިރޫޝް އިސްތިއުފާ ދެއްވައިފި އެވެ.
ސ. ފޭދުއަށް އުފަން ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އޭނާ ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފައިރޫޝް އިތުރަށް ވިދާޅުވީ ގައުމަށް ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވާ ކަމަށެވެ. އަދި މަސައްކަތުގެ ދަތުރުގައި ލިބުނު އެކުވެރިންނަށާއި އިދާރާތަކަށް ވެސް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. އެއަށްފަހު އޭނާ ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު ފައިރޫޝް ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ 2021 ވަނަ އަހަރުއެވެ. ފުލުހުންގެ ހިދުމަތުން ވަކިވެވަޑައިގަތުމަށްފަހު އޭނާ ވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންފަ އެވެ.
ތުއްތު ދަރިފުޅަށް ހަކުރު ލީ ބާވަތްތައް ނުދޭންވީ އިތުރު ސަބަބެއް!
10 ދުވަސް ތެރޭ ޑޮލަރުގެ އަގު 19ރ. އަށް ތިރިކުރަން ގޮވާލައްވައިފި
ހަށިގަނޑުން ނަގާ އުންތަކާއި ގޮށްތަކަށް ސަމާލުވާންވީ ކޮން އިރަކު؟
