ރައްޔިތުންގެ މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތި މަޖިލީހުގެ ޖަލްސާ ނިންމާލައިފި އެވެ. މިއަދުގެ މަޖިލިސް ޖަލްސާ ކުރިއަށް ގެންދިޔައީ ގަޑިއެއްހާ އިރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާކުރެވިފައި އޮތީ ދެ ކަމެކެވެ. އެއީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހައުސިން މިނިސްޓަރާ ސުވާލުކުރުމާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުއްލި މައްސަލައެއް ހުށަހެޅުމެވެ. އެ މަސައްކަތް މަޖިލީހުގައި ކުރެވުނުއިރު ތަޅުމަށް ހާޒިރުވެވަޑައިގެން ތިއްބެވީ 30 މެންބަރުންނެވެ. މަޖިލީހުގެ 8 މެމްބަރަކު ސަލާމުގައި ތިއްބެވި ކަމަށާއި 4 މެމްބަރަކު ރަސްމީ ދަތުރުގައި ވަޑައިގެން އުޅުއްވާކަމަށް ރިޔާސަތުންވަނީ ޖަލްސާ ފަށްޓަވަމުން ވިދާޅުވެފަ އެވެ.
މާވަށު ދާއިރާގެ މެމްބަރުގެ ސުވާލަށްފަހު ޖާބިރު ހުށައެޅުއްވި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން މިއަދުގެ ޖަލްސާ ނިންމާލިކަން ރިޔާސަތުންވަނީ އިއުލާން ކުރައްވާފަ އެވެ.
މިއަދުގެ ޖަލްސާގައި ދެން ކުރާނެ އިތުރު މަސައްކަތެއް ނެތްކަމަށާއި ނަމަވެސް ބައެއް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވެ ރިޔާސަތުން އިއުލާން ކުރެއްވީ ދެން މަޖިލިސް އޮންނާނީ މާޗް 21 ވާ ހޯމަ ދުވަހު ކަމަށެވެ.
12 ނޯޓިކަލް މޭލު ބޭރުގެ ވައިގެ ސަރަހައްދަށް ގާނޫނީ ބާރެއް ނެތް!
ހަނގުރާމަ ނިންމަން ސުލްހައިގެ ޕްލޭނެއް އެމެރިކާއިން ހުށަހަޅައިފި
ކުޑަ ދަރިފުޅަށް ކާން ދޭން އުނދަގޫތަ؟