ބޮލީވުޑްގެ ބޮޑު މަޝްހޫރު ކަމެއް ލިބިފައިވާ އިމްރާން ޚާން، ޖޫހީ ޗައުލާއަށް ލޯބި ހުށަހެޅި ކަމަށް ޖޫހީ ބުނެފި އެވެ.
ޖޫހީ މިފަދައިން ބުނީ އިމްރާންގެ 39 ވަނަ އުފަން ދުވަހުގެ ހެޔޮއެދުން ފޮނުވުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުންނެވެ.
އެގޮތުން އިމްރާން އުމުރުން އެންމެ ހަ އަހަރުގައި ޖޫހީއަށް ލޯބި ހުށަހެޅި ކަމަށް ޖޫހީ ވަނީ ބުނެފަ އެވެ. އަދި ޖަވާހިރަކީ ކޮބައިކަން ދެނެގަތުމުގެ އިލްމު އެހާ ހަގު އުމުރެއްގައި ވެސް އިމްރާނަށް އެނގުނު ކަމަށް ޖޫހީ ބުނެފައިވެ އެވެ.
އިމްރާނަކީ އޭނާއަށް ލޯބި ހުށަހެޅި އެންމެ ހަގު މީހާކަން ފާހަގަކޮށް ޖޫހީ ވަނީ އުފާވެރި އުފަން ދުވަހަކަށް އެދި އިމްރާނަށް ތަހުނިޔާ ކިޔާފަ އެވެ.
ޖޫހީއަކީ 1900ގެ އަހަރުތަކުގައި ބޮލީވުޑްގައި ވިދާލި ފަންނާނެކެވެ. އަދި ބޮލީވުޑްގައި މުހިންމު ރޯލުތަކެއް ކުޅެދީ ކާމިޔާބު ފިލްމުތަކަކާއި ލަވަތަކެއް އާންމުންނާ ހަމައަށް ގެނެސްދިން ކާމިޔާބު އެކްޓަރެއްގެ ގޮތުގައި ޖޫހީ ފާހަގަކޮށްލެވެ އެވެ.
ޖޫހީ ވަނީ 1998 ވަނަ އަހަރު މަޝްހޫރު އިންޑަސްޓްރިއަލިސްޓް ޖެއި މެހެތާ އާއި ކައިވެނިކުރުމަށްފަހު އޭނާގެ ކުޑަ އާއިލާ ބިނާކޮށްފަ އެވެ.
ކަންގަނާގެ ރާގު ބަދަލު ވެއްޖެ: "ޖެން-ޒީ އަކީ ގައުމުގެ ކުރިއެރުން"
އެންމެ ގިނައިން ބެލީ މަގުމައްޗަށް ކުނި އެޅި މައްސަލަތައް
ޔަމަނުގެ ހޫތީން ސައުދީގެ ތެޔޮ ރިފައިނަރީއަކަށް ހަމަލާދީފި
