ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރު ދެއްކުމަށްފަހު ފައިސާތަކެއް ފޭރިއްޖެ އެވެ.
ފުލުހުން ބުނީ މަޖީދީމަގުން ހުޅުމާލެއަށް ދާން ޓެކްސީއެއް ނެގި ދެ މީހަކު ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކައި ފައިސާ ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށްފަހު އެމީހުން ވަނީ ޓެކްސީން ފައިބައިގެން ގޮސްފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު އަދި ހައްޔަރެއް ކޮށްފައެއް ނުވެ އެވެ. އަދި އެ މައްސަލަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ
އީރާނުން ކަނޑުއޮޅި ބަންދު ނުކުރާ ކަމަށް އެމެރިކާއިން ބުނެފި
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ
ކީއްކުރާނީ. ސީރިޔަސް ސީރިޔަސް ސީރިޔަސް އެނޫން އެއްޗެއް ނުބުނާނެ. ދުވަސްކޮލަކުން އެކަން އެއީ ނުވެސް ހިނގާ ކަމަކައްވާނީ. މިގައުމުގަ ނިކަމެތިން ވާނީ ނިކަމެތި. އެއްފަހަރު ވަގުން ފޭރޭނެ އަނެއް ފަހަރު ފުލުހުން ފޭރޭނެ އެއްވެސް ތަފާތެއް ނެއް.