ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ އޮފިސަރުން، އެބޯޑުން ނިންމާފައިވާ ނިންމުމާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
މި އޮފިސަރުންގެ ފަރާތުން މިމައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ދިވެހި ޗެމްބާސް އިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ސިވިލް ކޯޓުން ވަނީ މިމައްސަލަ ބަލައިގެންފަ އެވެ.
މިމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށް ފަހު ދިވެހި ޗެމްބާސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ އޮފިސަރުން މަޤާމުން ވަކިކުރުމަށް ފެންނަ ކަމަށް ޕޮލިސް ބޯޑުން ނިންމީ އެއިން އެއްވެސް އޮފިސަރަކަށް ދިފާއުގައި ވާހަކަދެއްކެވުމުގެ ފުރުސަތު ނުދީ ކަމަށެވެ. އަދި އަދި އެކަމުގެ ސަބަބުން އެ އޮފިސަރުންނަށް ލިބޭ ދުސްތޫރީ އަދި އިޖުރާއީ ހައްގުތައް ގެއްލިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
އަދި އެ އޮފިސަރުން ވަކިކުރަން ނިންމި ނިންމުމުގައި އިޖުރާއީ ފުށުއެރުންތައް ހުރުމާއެކު އެ އޮފިސަރުންގެ ހައްގުތައް ހޯދުމަށްޓަކައި ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލާގައި ކޯޓުން ގޮތެއް ނިންމަންދެން އޮފިސަރުން ވަކިކުރުމުގެ މަސައްކަތް ހުއްޓުވުމުގެ އަމުރަކަށްވެސް އެދިފައިވާނެ ކަމަށް ދިވެހި ޗެމްބާސްއިން ބުނެ އެވެ.
އަދި ވަޒީފާ އަދާކުރުމުގެ ޙައްގަށް ހުރަސްއެޅޭނެ ކަމެއް ނުކުރުމަށް އަމުރުކޮށްދިނުމަށް ވެސް ކޯޓުގައި އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވަނީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް އާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްގެ އިތުރުން ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އެވެ.
ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގައި އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދު ބައިވެރިއެއް ނުވެ އެވެ.
ފުލުހުންގެ ވަޒީފާ އިން ހަތް އޮފިސަރަކު ވަކިކުރުމަށް ބޯޓުން ލަފާދިންތާ މަސް ދުވަސް ފަހުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަހުމަދު މުހައްމަދާއި ޖަމްޝީދު މަގާމުން ވަކިކުރުމަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ނޯޓިސް ފޮނުއްވާފަ އެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި

ޖަމްޝީދާއި އަހުމަދު މުހައްމަދު ވަކިކުރަނީ
އޮފިސަރުން ވަކި ކުރަން ނިންމި މައްސަލަ މަޖިލީހަށް