ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިރޭ ވަނީ އޭނައާ ގުޅުންހުރި މާލޭގެ އެޕާޓްމަންޓެއްވެސް ބަލައި ފާސްކޮށްފައެވެ.
ސީރިއާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ގޮސް އެގައުމުގައި ގިނަ އަދަދެއްގެ ދިވެހީން އެބަތިއްބެވެ. އަދި އެގައުމުގައި ތިބި ބައެއް ދިވެހީން ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ.
ހަމައެހެންމެ ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި އެމީހުންގެ ދަރިން ވެސް އެ ގައުމުގައި އެބަތިއްބެވެ. ދިވެހި އަންހެނުން ވަނީ ސީރިއާގެ ފިރިހެނުންނާ ކައިވެނިކޮށްގެން ދަރިންވެސް ހޯދާފަ އެވެ.
މިސްރަށް ވޯލްޑް ކަޕްގައި ފުރަތަމަ މޮޅު، އީރާނަށް ޕޮއިންޓެއް
ތިން އަހަރުގެ މަޝްރޫއުތަކަށް 2.5 ބިލިޔަން ރުފިޔާގެ ބަޖެޓެއް
ދަރަވަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި
